ސަމާހު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ވިސާމް: އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައި.

ސްޕޯޓްސް ކާރު ދުއްވި ވިސާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ހަސަން ސަމާހު، 23، ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި

މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެޓުގައި ސްޕޯޓްސް ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލުގައި އިން ހަސަން ސަމާހު، 23، ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.

މި އެކްސިޑެޓުގައި ކާރު ދުއްވަން އިން ވިސާމް، ވައިލެޓްފެހި/ސ. ހިތަދޫ، ހައްޔަރުކޮށް އޭނާގެ ވަނަރު ފުލުހުން މިއަދު އާންމުކޮށްފައިވެ އެވެ.

ތަފްސީލު - ފުލުުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށެވެ.

ފާހަަގަކޮށްލެވޭ - އެކްސިޑެންޓުގައި ބޮލާއި މޫނުމައްޗަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު ސަމާހު މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައިކަން އެނގިފައިވެ އެވެ.

މި އެކްސިޑެންޓާ އެކު، ސަރުކާރުން ވަނީ ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނުތައް އިސްލާހު ކުރުމަށް ނިންމާފަ އެވެ.

ކޮމެންޓް (3)

ކުހްތަ

7 ސެޕްޓެމްބަރު 2024
މަަަަައިކަަލޮޮޮ
0 0

މީހެއް

7 ސެޕްޓެމްބަރު 2024
3 ދުވަސް ފަހުން: ޝަރީއަތް ކުރިއަށް ގެންދެވެން ނެތިގެން އޭނާ ދޫކޮށްލައިފި. (ނުވަތަ) އޭނާގެ އެއްވެސް ކުށެއް ނެތުމުން، މި މައުސޫމު ދޫކޮށްލައިފި
2 1

ކޮކީ

6 ސެޕްޓެމްބަރު 2024
އެހެންވީމަ މިދިޔަ ހުރިހާދުވަހަކު ބާރަށް ދުއްވުން މަނާ ކުރާ ޤާނޫނެއް ނެތީ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް