އަންހެންމީހާގެ ކަރުގައި އޭނާ ވަޅި ޖައްސައިގެން ސައިކަލްގައި ދަނީ

ކުށްކުރުން

އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމުން، ހައްޔަރަށް

އޭނާ ފަރުވާއަށް ފަހު ހޮސްޕިޓަލުން އިއްޔެ ދޫކޮށްލިނަމަވެސް، އަލުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލާތީ ކަމަށް ފުލުހުން ބުނެފައިވޭ

އަންހެނަކަށް ވަޅިން ބިރު ދައްކައި، ރަހީނު ކުރި ހާދިސާގައި އަނިޔާވި އަތުހަރު ހޮސްޕިޓަލުން މިއަދު ދޫކޮށްލުމުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގި މި ހަދިސާގައި އަންހެން މީހާ އަށާއި އޭނާ ރަހީނު ކުރި އަހްރާށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދިނެވެ. އެގޮތުން:

  • އަތުހަރަށް އަނިޔާވެފައި ވަނީ، އަންހެން މީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުން

  •  އޭރު އޭނާ ދިޔާއީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ، މަރާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދެމުން

  • ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިއްޔެ ދޫކޮށްލި އަދި އަހްތާރު ފުލުހުން ހައްޔަރު ކުރި

  • ނަމަވެސް އަނެއްކާ ވެސް ފިރިހެން މީހާ ހޮޑުލާތީވެ، ރޭގެ ވަގުތެއްގައި އަލުން އައިޖީއެމްއެޗްގެ އޮބްޒަވޭޝަނަށް ގެންދިޔަ؛ ސަބަބެއް ކަމަށް ފުލުހުން ބުނީ، ހާލަތު އިތުރަށް ބެލުމަށް ކަމަށް

ފުލުހުންގެ ބަސް - ފުލުހުންގެ އިދާރާއިން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޮބްޒަވޭޝަނަށް ފަހު އަތުހަރު މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މެސެޖްގައި ބުނެފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް