އަންހެންމީހާގެ ކަރުގައި އޭނާ ވަޅި ޖައްސައިގެން ސައިކަލްގައި ދަނީ

ފުލުހުން

މާލޭ ގެއެއްގައި ބަންދުކޮށްފައި ހުރި އަންހެނަކު ފުލުހުން ބާރުގެ ބޭނުންކޮށްގެން ސަލާމަތް ކޮށްފި

ފުލުހުން ބުނީ ފުލުހުން އެ އަންހެންމީހާ ސަލާމަތް ކުރަން އުޅެފި ނަމަ އަންހެންމީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅިޖައްސާ ފުލުހުންނަށް އިންޒާރުދިން ކަމަށް

މާލޭ ގެޔެއްގައި ބަންދުކޮށްފައި ހުރި އަންހެނަކު ފުލުހުން ބާރުގެ ބޭނުންކޮށްގެން މިރޭ ސަލާމަތް ކޮށްފި އެވެ.

ވީ ކިހިނެއް؟ - މާފަންނު ގެޔެއްގައި އަންހެނަކު ބަންދުކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ތަފްސީލް - އެކަމާ ގުޅިގެން ފުލުހުން ބުނީ ފިރިހެނަކު، އަންހެންމީހާ އަށް އެގޭ ތެރޭގައި ވެސް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާކޮށްފައިވާ ކަމަށެވެ.

ފުލުހުން އެ އަންހެންމީހާ ސަލާމަތް ކުރަން އުޅެފި ނަމަ އަންހެންމީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅިޖައްސާ ފުލުހުންނަށް އިންޒާރުދިން ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ: 

  • އަނެއްކާ ވެސް އަންހެންމީހާ ގޭތެރެއަށް ވައްދާ އަނިޔާކޮށް އޭނާގެ ކަރުގައި ވަޅިޖައްސާ މަގުމައްޗަށް ނިކުތް

  • އަންހެން މީހާ ގޮވައިގެން ސައިކަލުގައި ދުއްވާފައި ދިޔަ

ފުލުހުން ބުނީ އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. 

ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފިރިހެން މީހާ އަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ބަންދުކޮށްފައި ހުރި އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (1)

profile-image-placeholder

މެން

30 އޯގަސްޓު 2024
ޓޭސަރ ގަން ބޭނުން ކުރަން ޖެހުނެވެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް