ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 31 ޖުލައި 2024ގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއް މަތީ އިން މީހެއްގެ ގައިގައި ޖެހުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން (ފޮޓޯ/ޕޮލިސް)

ކާރުގައި ތިބި ތިން މީހުންގެ ކުށުގެ ރިކޯޑް އޮވޭ؛ އެކަކު 25 އަހަރުގެ ޖަލު ހުކުމެއް

ޖިނާހް އިސްމާއީލްގެ އަދަބަށް ލުއި ދިނީ ރައީސަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން 2022 ވަނަ އަހަރު. އަނެއް ދެ މީހުންގެ ތެރެއިން އެކަކުގެ އަދަބު ޖުވެނައިލް ކޯޓުން ވަނީ މައާފްކޮށްދީފައި. ތިންވަނަ މީހާ ޔޯގާއާ ދެކޮޅު ހަމަނުޖެހުމުން ހައްޔަރުކުރި.
1 އޯގަސްޓު 2024
2

ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ބާރަށް ދުއްވާފައި ދިޔަ ކާރުގައި ތިބި ތިން މީހުންނަކީ ވެސް ކުށުގެ އެކި ރިކޯޑް އޮންނަ މީހުންކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އޭގެ ތެރެއިން އެކަކަށް 25 އަހަރުގެ ޖަލު ހުކުމެއް ކުރިން އައިސްފައިވެ އެވެ.

ވީ ކިހިނެއް؟ - އެ ތިން މީހުން ވެސް ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެ މީހުންނަކީ:

  • އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ

  • އިބްރާހިމް އިކްރާމް، މ. ލޭންޑް އޮފް ގާޑެން

  • ޖިނާހް އިސްމާއީލް، އާޒާދުގެ، ގއ. ކަނޑުހުޅުދޫ

'ދައުރު'ން ވަނީ، ދެނެހުރި ބައެއް މީހުންނާއި ރަސްމީ އިދާރާތަކުން އާއްމުކޮށްފައި ހުރި މައުލޫމާތުތަކުގެ އަލީގައި، އެ ތިން މީހުންގެ ބައެއް ކުށުގެ ރިކޯޑްތައް ހޯދާފަ އެވެ.

ތަފްސީލު - އޭގެ ތެރެއިން 25 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އައިސްފައި ވަނީ ޖިނާހް އިސްމާއީލް އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރި އެ ހުކުމަށް ލުއިދީީ، އޭނާ ދޫކޮށްލީ 2022 ވަނަ އަހަރު ކަމަށް 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ރައީސްއަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ މިނިވަންކުރެއްވީ، ދެ އަހަރުގެ މުއްދަތަށް ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

ޖުލައި 31، 2024: ހުޅުމާލެ ފޭސް ދޭއްގެ ބާރަށް ދުއްވާފައި ދިޔަ ރޭސިން ކާރެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓުވުން (ދައުރު ފޮޓޯ)

މި މައްސަލައިގައި ހިމެނޭ އިބްރާހިމް އިކްރާމް، 33، އަކީ 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް މުޒާހަރާކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ. އޭގެ ފަހުން:

  • އޭނާ ބަންދުން ދޫކޮށްލީ މި އަހަރުގެ 20 ފެބްރުއަރީގައި ކްރިމިނަލް ކޯޓުން

  • އޭނާ ދޫކޮށްލި އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، މާރާމާރީ ހިންގުން/ބިރުދެއްކުން/އިންޒާރުދިނުން/އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން

  • ދޫކޮށްލި ސަބަބެއް ކަމަށް ބަންދު އަމުރުގައި ބުނެފައި ވަނީ، ހާދިސާގެ ވީޑިއޯ ފުޓޭޖަށް ބަލާއިރު، ކުށެށް ކުރާ މަންޒަރު ނުވަތަ ކުށެއް ކުރަން އެހެން މީހަކަށް ހިތްވަރު ދޭ މަންޒަރު ފެނިފައި ނެތުން އަދި ޖިނާއީ ކުށެއް ކުރި ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތުން

މި މައްސަލައިގައި ދެން ހައްޔަރު ކުރި އިކްރާމުއްރަހްމާންއަކީ އޭނާގެ އުމުރުން 16 އަހަރުގައި 2015 ވަނަ އަހަރު 16 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެކެވެ. ހައި ކޯޓުން ވެސް ދެމެހެއްޓި އެ ހުކުމުގެ އަދަބު، ފަހުން ޖުވެނަލް ކޯޓުން ވަނީ، އޭނާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވެފައިވުމުން، މައާފްކޮށްދީފަ އެވެ.

ކޮމެންޓް (2)

ބަރަބޯ

1 އޯގަސްޓު 2024
މީވާ ފައްކާ ގައުމެއް. ކުއްވެރިންނަށް އޮތް ގައުމެއްކަން އިނގެނީ. އަދުލްއިންސާފަކީ މިގައުގައި އޮވެގެންވާނެ އެއްޗެއް ނޫން. މިއަދު ހުކުމްކޮށްފިއްޔާ މާދަމާ ހުންނާނި މިނިވަންވެފައި. ކަލޯމެން ހާސް ކަނޑާލާ! ފިލީވެސް ކީއްކުރަންބާއޭ ހިތައްއަރާ. އަނެއްކާ އެއްޗެއް ބޯލައިން ހުރީމަތަ؟
1 0

ސަހަރޯއި

1 އޯގަސްޓު 2024
އިއްޔެ އެންމެންގޮވީ ކުށްވެރިންނަށް އަދަބުނުދެވޭތިއާ ބާރަށް ދުއްވާމީހުން ނުހުއްޓުވޭތީ އާއްމުންނަށް ގެއްލުންވާވާހަކަ. ނިކަންބާރަށް ގޮވާނެ ޖަލަށް ލާބަލާށޭ. ޖަލުގަ ހުންނަންޖެހޭމީހާ މަގުމަތީގަ ރޭސްޖަހަން ދޫކޮށްލީމަ ކުށެއްނެތްމީހާ ސަންދޯކުއަޅަންމިޖެހެނީ. ދޫކޮށްލިމީހާވެސް ޖަލުހުކުމުން ބައެއް ތަންފީޒުކުރަންޖެހޭގޮތަށް ހަދަންވީ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް