އެކްސިޑެންޓުގެ ސީސީޓީވީ ސްކްރީން ޝޮޓެއް (ފޮޓޯ/އެމްވީ ކްރައިސިސް)
އެކްސިޑެންޓުވި މީހާ އައިޖީއެމްއެޗަށް ބަދަލުކޮށްފި، ހާލު ސްޓޭބަލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއްގެ އަރިމަތީގައި މަޑުކޮށްލައިގެން އިންދާ ބާރު ސްޕީޑެއްގައި ދިޔަ ކާރަކުން ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައި މިއަދު މެންދުރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ބުނީ ކީކޭ؟ - އެމީހާ މިހާރު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ކަށަވަރުކޮށްދިނެވެ. އައިޖީއެމްއެޗް އިން ބުނި ގޮތުގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ އެމާޖެންސީ ރޫމްގަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސްޓޭބަލް އެވެ.
ފާހަގަކޮށްލެވޭ - މި އެކްސިޑެންޓް ހިނގާ ދިޔަ ގޮތް ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ އާއްމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި އަނިޔާވި ފިިރިހެން މީހާ ސައިކަލުގައި ދަމުން، މަގުގެ އަރިމައްޗަށް ޖެހިލައި މަޑުކޮށްލަ އެވެ. ލަފާކުރެވޭ ގޮތުން އޭނާއަށް އައީ ފޯން އެކަމަކު މަގުގެ އަރިމަތީގައި މަޑުކޮށްލައި ޖީބުން ފޯނު ނެގުމުގެ ކުރިން ބާރު ސްޕީޑެއްގައި އައި ކާރު، ކޮންޓްރޯލް ނުވެ ގޮސް އެ މީހާ ގައިގައި ޖެހެ އެވެ.
ރަތް ކުލައިގެ ޕްރައިވެޓް ކާރުން ޖެހުމާ އެކު އެ މީހާ ވިއްސައިގެން ދިޔައީ ކާރުގެ މަތިންނެވެ. ކާރު ދިޔަ ސްޕީޑުގައި ގޮސް، އެތަނުގައި ހުރި ގަހެއްގައި ޖެހި އެ ގަސް ވެސް ވެއްޓެ އެވެ.
މި ވީޑިއޯއާ އެކު އާންމުން ވަނީ ރުޅިއައިސްފަ އެވެ. ބާރު ސްޕީޑްގައި އެގޮތަށް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ވެސް ގޮވާލަ އެވެ.
ކޮމެންޓް (1)
ކަތީބު