ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިއްޔެ ކުރި އިހްތިޖާޖުގެތެރެއިން: އެ ފައިސާ ވީހާވެސް އަވަހަކަށް ދިނުމަށް ގޮވަލައި، މަޖިލީހަށް މިއަދު އެމްޑީޕީން ވަނީ ގަރާރެއް ހުށަހަޅާފައި (ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ)

މަސްވެރިންގެ ފައިސާ ދޫކުރުމަށް ގޮވާލައި އިދިކޮޅުން މަޖިލީހަށް ގަރާރެއް

މަސްވެރިންނަށް ފައިސާ ނުލިބޭތީ ކޫއްޑޫގައި އިއްޔެއިން ފެށިގެން ދަނީ މުޒާހަރާ ކުރަމުން

މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ދިނުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި މަސްވެރިން ކުއްޑޫގައި އިއްުޔެއިން ފެށިގެން މުޒާހަރާ ކުރަމުންދާ އިރު، އެމްޑީޕީގެ ފަރާތުން އެ ގަރާރު ހުށަހެއްޅުއްވީ އައްޑޫ މީދޫ ދާްއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ތަފްސީލު - ގަރާރު ހުށަހެޅުއްވުމަށް ފަހު ބަހުސް މަރުހަލާގައި ރޮޒައިނާ ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހު18 އިން ފެށިގެން މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ ކަމަށެވެ. އެގޮތުން މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ނުދައްކާ 298 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް އަޑު އިވެމުން މިދަނީ،25ރ.ގެ ރޭޓުން މަސް ކިލޯއެއް ވިއްކާ ނިންމުމަށް ފަހު، ފައިސާ ދައްކާއިރު އެއަށް ވުރެ ދަށް އަގެއްގައި އެ ފައިސާ ދޭނެ ވާހަކަ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

އޭނާ ވިދާޅުވީ އެއީ "ގާނޫނީ ގޮތުން ވެސް ހަމަޖެހޭ ކަމެއް ނޫން" ކަމަށެވެ.

"މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ބުރަ އަދި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ބަޔަކަށް ވީހިނދު، މަސްވެރިން ކުރާ މަސައްކަތުގެ އަގު އެމީހުންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް." ގަރާރު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

އެ ގަރާރުގައި ރޮޒައިނާ އިތުރަށް ވިދާޅުވީ:

  • މީގެ ކުރިން މަސްވެރިންނަށް ފައިސާ ނުލިބި މިހާ ގިނަ ދުވަސް ވެފައި ނުވޭ

  • އޭގެ ސަބަބުން މަސްވެރިންަށް ބޭޏުންވާ އަސާސީ ކަންކަން ހަމަޖެއްސުމަށް އެތަށް ދަތިތަކެއް ވަނީ ކުރިމަތިލާން ޖެހިފައި

"ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވައި މަސްވެރިން ބާނާ މަހަށް ވީއެންމެ އަވަހަށް އެ ފަރާތްތަކާ ފައިސާ ހަވާލު ކުރުމަށް" ރޮޒައިނާ ގޮވާލެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް