ދިވެހި ފިލްމީ ތަރި ފާތިމަތު ރަޝްފާ (އާޝާ) ބާބީ ބުދެކޭ އެއްގޮތަށް ނަލަހެދިގެން (ފޮޓޯ/ސުހެއިލް)

ލިވިން

'ބާބީ' ފިލްމާ އެކު އެންމެން ފިޔާތޮށި ހުމުގައި ޖެހެނީ

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު ނެރުމާ ދިމާކޮށް ދުނިޔެ ފިޔާތޮށި ވެފައި އޮތް ޓްރެންޑުގައި ދިވެހިން ވެސް އަންނަނީ ބައިވެރިވަމުން
21 ޖުލައި 2023
1

'ބާބީ' އަކީ މި އަހަރު ހޮލީވުޑުން ރިލީޒްކުރާ އެންމެ ބޮޑު އަދި ގިނަ ބަޔަކު ބަލަން ބޭނުންވާ އެއް ފިލްމެވެ. ފިލްމަށާއި ބާބީ ބުދުގެ ރަސްމީ ފިޔާތޮށި ކުލައަށް ލިބެމުން އަންނަ ތަރުހީބު ބޮޑެވެ. 'ބާބީ' ނެރުމަކީ ގިނަ ބަޔަކަށް އީދެއް ފަދަ އެވެ.

މިއާ އެކު ބާބީ ހުން އޮތީ ރާއްޖޭގެ ތޮށިގަނޑުން ވެސް އެތެރެވެފަ އެވެ.

ދުނިޔޭގެ ބޮޑެތި ސިޓީތަކާއި ވިޔަފާރިތައް 'ބާބީ' ފިލްމާ ގުޅުވައި ފިޔާތޮށި ވެފައިވާ އިރު، ލަންޑަންގެ ބަސްތަކާއި ޓެކްސީތައް ފިޔާތޮށިކޮށް، ފިލްމުގެ ޕްރޮމޯޝަންގައި ވަނީ ބައިވެރިވެފަ އެވެ.

'ބާބީ'ގެ އިޝްތިހާރުން ބަހެއް ޒީނަތްތެރިކޮށްފައި (ފޮޓޯ/ވޯނާ ބްރޯސް)

ފިލްމު އިޝްތިހާރު ކުރުމާއި ވިޔަފާރީގެ މަގުސަދު އޮތް މި ހަރަކާތްތަކުން، ގިނަ ބަޔަކު ކުޑައިރު ލޯބި ކުރި ބާބީ ބުދާ އަލުން ގުޅުވައިދީ، ކުރީގެ ހަނދާންތަކާއި އިހްސާސްތަކަށް ގެންގޮސްދެ އެވެ. ފޮޓޯ ނަގައި އުފާވެރި ވަގުތުކޮޅެއް ބާބީއާ އެކު އަލުން ހޭދަކުރުމުގެ ފުރުސަތު ލިބިދެ އެވެ.

ލަންޑަންގެ ޓެކްސީތައް ވެސް މި ދުވަސްވަރު ވަނީ 'ބާބީ'ގެ އިޝްތިހާރުން ފިޔާތޮށިކޮށްފައި
ބާބީ ހުމުގައި މުޅި ދުނިޔެ ޖެހި ލިމިޓެޑް އެޑިޝަން މާޗެންޑައިޒް އަންނަނީ ނެރެމުން

ފެޝަންގެ އުފެއްދުންތަކާއި ކާބޯތަކެތި ވިއްކާ ބޮޑެތި ބްރޭންޑްތަކާއި ކުންފުނިތަކުން ވެސް މި ދުވަސްވަރު އަންނަނީ ބާބީ ތީމްގެ ލިމިޓެޑް އެޑިޝަން ތަކެތި ނެރެމުންނެވެ.

ދެން އޮތީ ފިލްމް ބަލަންދާ މީހުން ބާބީ ފަދައިން ހެދުން އަޅައި މޭކަޕް ކުރުމުގެ ފޯރި އެވެ. ބޭރު ގައުމުތަކުގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މި ޓްރެންޑުގައި ބައެއް ދިވެހިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ދިވެހި ތަަރިން ވެސް ބާބީ

ދިވެހި ފިލްމީ ތަރި ފާތިމަތު ރަޝްފާ (އާޝާ) ބާބީ ތީމަށް ހެދުން އަޅައި ޒީނަތްތެރިވެގެން (ފޮޓޯ/ސުހެއިލް)

ދިވެހި ބައެއް ފަންނާނުންނާއި ތަރިން ވެެސް އަންނަނީ އެމީހުންގެ ބާބީ ލުކްސް ދައްކާލަމުންނެވެ. ފިލްމީ ތަރި ފާތިމަތު ރަޝްފާ (އާޝާ) ބާބީއެކޭ އެއްގޮތަށް ނަލަހެދިގެން އިންސްޓަގްރާމް އަށް ލާފައިވާ ފޮޓޯތަކަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

އާޝާގެ މި ފޮޓޯ ޝޫޓްގެ ފަހަތުގައި އޮތީ ހުނަރުވެރި ޓީމެކެވެ. 

ބައިސްކޯފުގެ އާޓް ޑިރެކްޓަރު ނޫރާ ރަޝީދު ޑިޒައިންކޮށް ފަހާފައިވާ މަޑު ފިޔާތޮށި ހެދުމެއްގައި ފެންނަ އާޝާގެ އިސްތަށިގަނޑު ހަދައި މޭކަޕްކޮށްފައިވަނީ ހަސަން އާދަމް އެވެ. ސެޓް ތައްޔާރުކޮށް، ޝޫޓްކުރުމާއި ކޮންސެޕްޓް ތައްޔާރުކުރުމުގައި ނާއިޝާ ނާޝިދު ބައިވެރިވެފައިވެ އެވެ. ފޮޓޯގްރާފަރަކީ ސުހެއިލް އެވެ.

ފޮޓޯތަކުގެ އިތުރުން، ބާބީ އަބަދު އަރާ އުސް ފައިވާނާއި ބާބީ ލައިފްސްޓައިލް ދައްކާލާ ވީޑިއޯކޮޅެއް ވެސް އާޝާ ވަނީ ނެރެފަ އެވެ. މި މަސައްކަތުގައި އިސްކޮށް ހުރީ ހަސަން އެވެ.

ފިލްމީ ތަރި ވާޝިޔާ މުހައްމަދު (ޝިޔާ) ވަނީ ނަދާ ސެލޫންއާ ގުޅިގެން އިންސްޓަގްރާމުގައި ބާބީ ލުކްތަކެއް ދައްކާލާފަ އެވެ. ފިލްމް ބަލަން ދާން ތައްޔާރުވާ އިރު ބާބީ ލުކެއް ގެންނާނެ ހިތްގައިމު ގޮތްތަކެއް އެ ވީޑިއޯ އިން ފެނެ އެވެ.

ލީޑް ތަރިންގެ ގޮތުގައި މާގޯ ރޮބީ އާއި ރަޔަން ގޮސްލިން ފެނިގެންދާ 'ބާބީ' ރާއްޖޭގައި ވެސް މާލެ އާއި ހުޅުމާލޭގައި ޝްވެކް ސިނަމާގެ ބޮޑު ސްކްރީނުން ބަލާލެވޭނެ އެވެ. 

ކިޔާލަން:

'ބާބީ'ގެ ޓްރެއިލާ

ކޮމެންޓް (1)

ކްރިންޖް

8 އޯގަސްޓު 2023
ލަދުން ބޯހަލާކުު. މީހަކުު ފޮޑިއެއް ޖެހިޔަސް ކޮޕީ ކުރާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް