'ކައިވެނީގެ އަމާޒު' އަކީ ލަސްވިޔަސްގައި ހިމެނޭ މައިގަނޑު އެއް ލަވަ

'ކައިވެނީގެ އަމާޒު'، މި ފަހަރު މައިޝާގެ އަޑުން 'ލަސްވިޔަސް'ގައި

އަންނަ އެޕްރީލް މަހު އަޅުވާ ފިލްމުގައި ހިމެނޭ ކުރީގެ މަޝްހޫރު ލަވަ މިހާރު ވަނީ ސްޕޮޓިފައިގައި އާންމުކޮށްފައި
17 ފެބްރުއަރީ 2024

އޮލިމްޕަހަށް 12 އެޕްރީލްގައި އަންނަ 'ލަސްވިޔަސް'ގައި ހިމެނޭ 'ކައިވެނީގެ އަމާޒު' ސްޕޮޓިފައިން މިހާރު އަޑުއަހާލެވޭނެ އެވެ.

މިއީ 1980ގެ މެދުތެރޭގައި އުފެއްދި 'ހާލި' ފިލްމުގައި ހިމެނުނު އަދި މިއަދާ ހަމައަށް ވެސް އޭގެ އަސަރު ގެއްލިފައިނުވާ ހިތްގައިމު ލަވަ އަނެއްކާވެސް އާ އަޑަކުން ގެނެސްދިނުމެވެ. މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގެ ފައިޒާގެ ބަސްތަކުގެ ޖާދޫއަށް ނިމުމެއް ނެތެވެ. 

މިއީ ލަވަކިޔުންތެރިޔާ އަބްދުއްރައޫފްގެ އަމިއްލަ ރާގެކެވެ. އެންމެ ފުރަތަމަ ލަވަ ކިޔާފައި ވަނީ ވެސް އޭނާ އެވެ.

މިހާތަނަށް އެކި ލަވަކިޔުންތެރިންގެ އަޑުން މި ލަވައިގެ އެކި ވާޝަންތައް ނުކުމެއްޖެ އެވެ.

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) 30 އަހަރު ފަހުން އޭނާ ގެެނެސްދޭ ދެވަނަ ޑައިރެކްޝަން ލަސްވިޔަސްގައި ހިމެނޭ 'ކައިވެނީގެ އަމާޒު' ކިޔައިދީފައި ވަނީ މައިޝާ ދީދީ އެވެ.

ފިލްމުގައި މި ލަވައިގެ މުހިންމުކަން އަންގައިދެ އެވެ. އިއްޔެ ރޭ ރަސްމީކޮށް ނެރުނު ފުރަތަމަ ޓްރައިލާގެ ފެށުން އަންނަނީ ވެސް އެ ލަވައިގެ ތަންކޮޅަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް