'ލަސްވިޔަސް'ގެ ފުރަތަމަ ޕޯސްޓަރު، 'ދެރިޔާ'ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ނެރެދެއްވަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
'ލަސްވިޔަސް'ގެ ފުރަތަމަ ޓްރެއިލާ ނެރެފި
ދިވެހި ފިލްމީ ދާއިރާގެ އެންމެ ބޮޑު އިންތިޒާރަކަށް މިހާރު ވެފައިވާ 'ލަސްވިޔަސް'ގެ ފުރަތަމަ ޓްރެއިލާ ރޭ ނެރެފި އެވެ.
މީގެ 30 އަހަރު ކުރިން 'ދެރިޔާ' އުފައްދައިގެން ރާއްޖޭގެ ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި މުހައްމަދު ނިޔާޒު (ޓެޑްރީ)، އޭގެ ފަހުން ހަދާ އޭނާގެ ދެވަނަ ޑައިރެކްޝަންގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ފިލްމު އަޅުވަން ކަނޑައަޅާފައި ވަނީ 12 އެޕްރީލްގަ އެވެ.
ރޭ އޯޓީޕީ ބައި ސޮލައިޓްގައި އޮތް ކުޑަ ހަފުލާއެއްގައި ނިޔާޒު ވަނީ އޭނާގެ ވާހަކަ އާއި ސްކްރީންޕްލޭއަކަށް ބިނާކޮށް އުފެއްދި ފިލްމުގެ ފުރަތަމަ ޓްރެއިލާގެ އިތުރުން ފިލްމުގެ ފުރަތަމަ ޕޯސްޓަރާއި ތިން ލަވަ ވެސް އާންމުންނަށް ދޫކޮށްލައިފަ އެވެ.
ރޭގެ ހަފުލާގައި އިއުލާންކުރި ގޮތުގައި އޮންލައިންކޮށް ޓިކެޓް ވިއްކަން ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.
'ލަސްވިޔަސް' މި އަންނަނީ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަސައްކަތުންނެވެ. މިއީ ތިން ކެމެރާ ބޭނުންކޮށްގެން ރާއްޖޭގައި ހެދި ފީޗާ ފުރަތަމަ ފިލްމެވެ.
ރޭ ރިލީޒްކުރި ތިން ލަވައިގެ ތެރެއިން 'ދުނިޔެ' ކިޔާފައި ވަނީ އަންދަލާ ހަލީމް (އަންޔަ) އެވެ.
ހަފުލާގައި ނިިޔާޒު ބުނީ ފިލްމުގައި 10 ލަވަ ހިމެނޭނެ ކަމަށެވެ. ބަތަލާއަކީ ލަވަކިއުންތެރިއެއް ކަމަށާއި އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ އިރު އެވަރަށް ލަވަ ހުންނަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ފިލްމުގައި ހުރިހާ ލަވައެއް އެއްކޮށް ހިމަނާފައެއް ނުވެ އެވެ.