ޓްރަމްޕް ސަރުކާރުގެ އިސް އެޑްވައިޒަރުންކަމުގައިވާ މަސްކާއި ނަވާރޯ: އެމެރިކާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލަން މަސްކް (ވ) އަދި ރައީސް ޓްރަމްޕްގެ ވިޔަފާރީގެ ލަފާދޭ ޕީޓާ ނަވާރޯ (ކ) ދެމެދު ޓެރިފްތަކާ ގުޅިގެން ބޮޑު ޖަދަލެއް ވަނީ ފެށިފައި.
ޓެސްލާގެ ވިޔަފާރި ދަށަށްދާއިރު، ޓްރަމްޕްގެ ޓެރިފްތަކާ ގުޅިގެން ސަރުކާރުގެ އެތެރޭގައި މަސްކާއި ނަވާރޯއާ ދެމެދު ބޮޑު ޖަދަލެއް
ޓެސްލާގެ ހިއްސާ ޖެހިޖެހިގެން ހަތަރު ދުވަހު ދަށަށް ގޮސްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ވިޔަފާރިއާބެހޭ ލަފާދޭ ފަރާތް ޕީޓާ ނަވާރޯއާދެކޮޅަށް ޓެސްލާގެ ސީއީއޯ އީލަން މަސްކް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ފަރާތް ކަމުގައިވާ މަސްކް، ނަވާރޯއާދެކޮޅަށް ފާޑުކިޔަން ފެށީ ހަފްތާ ބަންދުގަ އެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ހާވަޑްއިން ޕީއެޗްޑީ ހޯދުމަކީ ރަނގަޅު ކަމެއް ނޫން، ނުބައި ކަމެއް" ކަމަށެވެ. މިއީ ނަވާރޯގެ ތައުލީމީ ސަނަދަށް އިޝާރާތްކޮށް ކުރި ކޮމެންޓެކެވެ. ހަފްތާގެ ކުރީކޮޅު މަޑުމަޑުން ފަށައިގަތް މި ޖަދަލު އިތުރަށް ގަދަވެގެންދިޔަ އެވެ.
Navarro is truly a moron. What he says here is demonstrably false.
— Elon Musk (@elonmusk) April 8, 2025
-
އަންގާރަ ދުވަހު، މަސްކް ލިޔެފައިވަނީ "ނަވާރޯއަކީ ސީދާ މޮޔައެއް" ކަމަށެވެ. މިއީ ޓެސްލާއަކީ ކާރު އުފައްދާ ކުންފުންޏެއް ނޫން، ހަމައެކަނި "ކާރު އެސެމްބްލްކުރާ" ކުންފުންޏެއް ކަމަށް ނަވާރޯ ދެއްކި ވާހަކައަށް ރައްދު ދިނުމަށް ކުރި ކޮމެންޓެކެވެ. މަސްކް އިތުރަށް ބުނެފައިވަނީ ނަވާރޯގެ ވާހަކައަކީ "ސާބިތުކޮށްދެވޭ ގޮތަށް ދޮގު" ވާހަކައެއް ކަމަށެވެ. ނަވާރޯއަކީ "އެޅިގަލަށްވުރެ މޮޔަ" އެކަކު ކަމަށް ބުނުމަށްފަހު އަދި ނަވާރޯއަކީ "ނުރައްކާތެރި ވަރަށް މޮޔަ" މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.
Tesla has the most American-made cars. Navarro is dumber than a sack of bricks. @IfindRetards @RealPNavarro https://t.co/gECgtZt5Sc
— Elon Musk (@elonmusk) April 8, 2025
މަސްކް ނަވާރޯއާދެކޮޅަށް މި ދައްކާ ވާހަކަތަކަކީ ޓްރަމްޕް ޖަނަވަރީމަހު ރިޔާސަތާ ހަވާލުވުމަށްފަހު ސަރުކާރުގެ އެތެރޭގައި ހިނގާފައިވާ އެންމެ ބޮޑު އާންމު ޖަދަލެވެ. އަދި މިއިން ދައްކައިދެނީ ބުދަ ދުވަހު ޓްރަމްޕް 180 އަށްވުރެ ގިނަ ގައުމުތަކަށް އިއުލާންކުރި މަތީ ޓެރިފްތަކަށް ސަރުކާރުގެ ހުރިހާ ފަރާތްތަކުން ތާއީދު ނުލިބޭކަމެވެ.
އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޖަދަލާ ގުޅޭގޮތުން ސުވާލުކުރުމުން، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ބުނެފައިވަނީ، "ބައްލަވާ، މިއީ ވިޔަފާރި އަދި ޓެރިފްގެ މައުޟޫތަކާ މެދު ވަރަށް ތަފާތު ޚިޔާލުތަކެއް ހުރި ދެ ފަރާތެއް."
BREAKING: In a bizarre moment, Karoline Leavitt minimizes a vicious spat in which Elon Musk calls Trump Trade advisor Peter Navarro "dumber than a sack of bricks" and "a moron" with the saying "boys will be boys." Boys affecting 350 million people.pic.twitter.com/CtgSFCri26
— Really American 🇺🇸 (@ReallyAmerican1) April 8, 2025
"ފިރިހެނުން އެއީ ފިރިހެނުން، އަދި އެމީހުންގެ އާންމު ޖަދަލުތައް ކުރިއަށްދާނެ" ކަމަށް އޭނާ ބުނެފައިވެއެވެ.
މަސްކްގެ އެކުވެރިއެއްކަމުގައިވާ ކިމްބަލް ވެސް މިކަމުގައި ބައިވެރިވެފައިވެ އެވެ. ކިމްބަލް ހޯމަދުވަހު ފާޑުކިޔާފައިވަނީ މި ޓެރިފްތަކަކީ "އެމެރިކާގެ ކަސްޓަމަރުންނަށް ދާއިމީކޮށް ކުރާ ޓެކުހެއް" ކަމަށެވެ. އަދި އަންގާރަ ދުވަހު އެކްސްގައި އޭނާ ލިޔެފައިވަނީ ޗައިނާ-އެމެރިކާގެ ދެމެދުގައި ހިނގާ މިކަންތައްތަކަކީ "ޕީޓާ ނަވާރޯ ފަދަ ސީ-މައިނަސް ދަރިވަރުން ކުޅެންޖެހޭ ކުޅިވަރެއް ނޫން" ކަމަށެވެ.
ޓެސްލާގެ ސީއީއޯއަށް ބަލާއިރު، މި ފާޑުކިޔުންތައް ގުޅިލާމެހިފައިވަނީ ވިޔަފާރީގެ ހާލަތާ އެވެ.
-
ޓެސްލާގެ ހިއްސާ ފާއިތުވި ހަތަރު ދުވަހު 22% ދަށަށް ގޮސްފައިވާއިރު، މުޅި އަހަރަށް ބަލާއިރު 45% ދަށަށް ގޮސްފައިވެ އެވެ. މި އަހަރު ފެށުނު ފަހުން ޓެސްލާއިން ގެއްލިފައިވާ އަގު 585 ބިލިއަން ޑޮލަރަށްއަރަ އެވެ. މިއީ މަސްކްއަށްވެސް ގެއްލުނު ބިލިއަން ޑޮލަރުގެ އަގެވެ. އޭނާއަކީ ސްޕޭސްއެކްސްގެ ސީއީއޯ އަދި ޒެޑްއޭއައި އަދި އެކްސް ސޯޝަލް ނެޓްވާކްގެ ވެރިފަރާތްވެސް މެއެވެ.
ޓްރަމްޕް ފުޅާ ދާއިރާއެއްގައި ޓެރިފް ނެގުމުގެ ޕްލޭން ހާމަކުރުމުގެ ކުރިން، އެމެރިކާގައި އެސެމްބަލް ނުކުރާ އުޅަނދުތަކަށް 25%ގެ ޓެރިފް އެއް ކުރިންވެސް ތައާރަފުކޮށްފައިވެ އެވެ. ގިނަ އެނަލިސްޓުން ބުނެފައިވަނީ އެމެރިކާގައި ވިއްކާ ޓެސްލާގެ އުޅަނދުތައް އެމެރިކާގައި އެސެމްބަލްކުރާތީ ޓެސްލާއަށް މި ޓެރިފްތަކަށް ވާދަވެރިންނަށްވުރެ ރަނގަޅަށް ކުރިމަތިލެވޭނެ ކަމަށެވެ.
-
ނަމަވެސް ބޭރުގެ ސަޕްލަޔަރުންގެ ފަރާތުން ނަގާ މެޓީރިއަލްތަކާއި ބައިތަކަށް ޓެރިފް ނެގުމުގެ ސަބަބުން ކުންފުނީގެ އުފެއްދުމުގެ ޚަރަދުތައް އިތުރުވާނެ އެވެ. ކެނެޑާ އަދި މެކްސިކޯއަކީ އެމެރިކާއަށް މައިގަނޑު ގޮތެއްގައި ދަގަނޑު އިމްޕޯޓްކުރާ ތަންތަނެވެ. އަދި ކެނެޑާއަކީ އެމެރިކާއަށް އެލުމިނިއަމް އެންމެ ގިނައިން ސަޕްލައިކުރާ ގައުމެވެ. އޮޓޯމޯޓިވް ސިނާއަތަށް ޕްރިންޓެޑް ސާކިޓް ބޯޑްތައް މައިގަނޑު ގޮތެއްގައި ސަޕްލައިކުރަނީ ޗައިނާ އަދި މެކްސިކޯ އިންނެވެ.
BREAKING: Former Trump Chief of Staff Mick Mulvaney sides with Musk regarding Trump advisor Peter Navarro:
— Ed Krassenstein (@EdKrassen) April 8, 2025
“I would have fired [Navarro] a long time ago. I would have fired him when he got caught making up his academic sources for his papers, with his Ron Vara imaginary friend." pic.twitter.com/fWJPglNe71
ހޮނިހިރު ދުވަހު އިޓަލީގެ ކަނާއްތާފަރާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މެޓިއޯ ސަލްވީނީ ބޭއްވި ހަފްލާއެއްގައި މަސްކް ބުނެފައިވަނީ، "އަޅުގަނޑު ދެކޭގޮތުގައި ޔޫރަޕާއި އެމެރިކާއިން ވެސް ހުރިހާ ޓެރިފެއް ނަފީކޮށް ޔޫރަޕްއާއި އުތުރު އެމެރިކާއާއި ދެމެދު ފުރިހަމަ ވިޔަފާރީގެ ސަރަހައްދެއް ގާއިމްކުރަންޖެހޭ."
ޔޫރަޕާއެކު އޮންނަ ވިޔަފާރީގެ ގުޅުމާމެދު މަސްކްގެ ޚިޔާލަކީ ޓްރަމްޕްގެ ސިޔާސަތުތަކާ މުޅިން ތަފާތު ޚިޔާލެކެވެ. އަދި މަސްކްގެ ވިޔަފާރިއަށް މި ސަރަހައްދުގެ މުހިންމުކަން ބޮޑެވެ. ޓެސްލާގެ ބޮޑު ކާރު ފެކްޓަރީއެއް ބާލިން ބޭރުގައި ހުރެއެވެ. އަދި ޔޫރަޕިއަން ކޮމިޝަނުން ކުރިންވެސް ސްޕޭސްއެކްސް މެދުވެރިކޮށް ރޮކެޓް ދަތުރު ލޯންޗްކުރަން އެދިފައިވެއެވެ.
-
ޓެރިފްތަކުގެ ކުރިން ވެސް ޓެސްލާގެ ވިޔަފާރިއަށް އުނިކަމެއް އައިސްފައިވެ އެވެ. ބުދަ ދުވަހު ކުންފުނިން ހާމަކުރި ގޮތުގައި ފުރަތަމަ ކުއާޓަރުގެ ޑެލިވަރީތައް ވަނީ 13% ދަށްވެފަ އެވެ. މިއީ އެނަލިސްޓުންގެ އަންދާޒާއަށްވުރެ ދަށް އަދަދެކެވެ. އެ ރިޕޯޓް ނެރުނީ ޓެސްލާގެ ހިއްސާ 2022 އަށްފަހު އެންމެ ގޯސްކޮށް ދިޔަ ކުއާޓަރު ނިންމާލިތާ ދެ ދުވަސް ފަހުންނެވެ.
މަސްކް، ޓްރަމްޕް އަލުން ރިޔާސަތަށް ގެނައުމަށް 290 މިލިއަން ޑޮލަރު ހޭދަކުރުމަށްފަހު، މިހާރު އިސްވެ މަސައްކަތްކުރަނީ ޓްރަމްޕްގެ މިނިސްޓްރީ އޮފް ގަވަމަންޓް އެފިޝަންސީ ނުވަތަ ޑޯޖްގަ އެވެ. މި ވުޒާރާއިން ޚަރަދުތައް ކުޑަކޮށް، ގަވާއިދުތައް ނައްތާލައި، ދައުލަތުގެ ގިނަ ވަޒީފާތައް މަދުކޮށްފައިވެ އެވެ.