ޗައިނާގެ ބީވައިޑީއަކީ އިލެކްޓްރިކް އަދި ހައިބްރިޑް ކާރުތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް. 2024 ވަނަ އަހަރު 107 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރިޕޯޓްކޮށް، އެމެރިކާގެ ޓެސްލާއަށް ވުރެ އިތުރަށް ކުރިއަރައިފައިވާ މި ކުންފުނީގެ ވެހިކަލްތަކުގެ އަގުހެޔޮ.
ޗައިނާގެ ބީވައިޑީއިން 2024 ވަނަ އަހަރު 777 ބިލިއަން ޔުއާންގެ ރެކޯޑް އާމްދަނީއެއް ހޯދައި، އެމެރިކާގެ ޓެސްލާއަށް ވުރެން ކުރިއަރައިފި
ޗައިނާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ބީވައިޑީއިން 2024 ވަނަ އަހަރުގެ އަހަރީ އާމްދަނީގެ ގޮތުގައި ވާދަވެރި ޓެސްލާއަށް ވުރެ އިތުރު އަދަދެއް ރިޕޯޓްކޮށްފި އެވެ.
ޝެންޒެންގައި ގާއިމްކޮށްފައިވާ މި ކުންފުނިން ބުނިގޮތުގައި ހައިބްރިޑް ވެހިކަލްތަކުގެ ވިކުން އިތުރުވުމާއެކު، އާމްދަނީ 29% އިތުރުވެ 777 ބިލިއަން ޔުއާން (107 ބިލިއަން ޑޮލަރު) އަށް އަރާފައިވެ އެވެ. މިއީ އީލަން މަސްކްގެ ޓެސްލާއިން ރިޕޯޓްކުރި 97.7 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
ޗާޓުން ފާހަގަކުރެވޭ މުހިންމު ކަންތައްތައް
-
ޓެސްލާގެ ސްޓޮކް އަގު އެންމެ މަތިވީ ޖަނަވަރީ 2025 ގައި 404.60 ޑޮލަރަށް، ނަމަވެސް އޭގެފަހުން ދަށަށް ގޮސްފައިވޭ
-
ބީވައިޑީގެ ސްޓޮކް ސެޕްޓެމްބަރ 2024 އިން ފެށިގެން މާރިޗް 2025 އާ ހަމައަށް ކޮންމެ މަހަކުވެސް ހަރުދަނާ ކުރިއެރުމެއް ދައްކުވައިދޭ
-
ޓެސްލާ މާ މަތީ އަގެއްގައި ވިޔަފާރިކުރާއިރު، ބީވައިޑީއިން ދައްކުވައިދެނީ މާ ސްޓޭބަލް ކުރިއެރުމެއް
-
މި ދެ ސްޓޮކް ދެމެދު ހުރި އަގުގެ ތަފާތު ޑިސެމްބަރު 2024 އިން ފެށިގެން ކުޑަވެފައިވޭ
ބީވައިޑީއިން އަދި މިހާރު ޓެސްލާގެ މޮޑެލް 3 އާ ވާދަކުރާނެ އަގުހެޔޮ ކާރެއް ވެސް ތަޢާރަފްކޮށްފައިވެ އެވެ. ޓެސްލާގެ މޮޑެލް 3 އަކީ ގިނަ ދުވަސްތަކެއް ވަންދެން ޗައިނާގައި އެންމެ ގިނައިން ވިއްކި އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ.
ޓެސްލާގެ ވިޔަފާރިއަށް އަސަރުކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަސްކްގެ ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތަކާ ކުރިމަތިވަމުންދާ ވަގުތެއްގައި، އަދި ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކަށް ހުޅަނގުގެ ގައުމުތަކުން ޓެރިފްތައް ކަނޑައަޅައިފައިވާ ދަނޑިވަޅެއްގަ އެވެ.
ބީވައިޑީއިން ވިއްކާފައިވަނީ ގާތްގަނޑަކަށް ޓެސްލާއާ އެއްވަރަށް އިލެކްޓްރިކް ވެހިކަލްތަކެވެ. ބީވައިޑީއިން 1.76 މިލިއަން އިލެކްޓްރިކް ވެހިކަލް ވިއްކާފައިވާއިރު، ޓެސްލާއިން 1.79 މިލިއަން ވިއްކާފައިވެ އެވެ.
ނަމަވެސް ޗައިނާގެ ކުންފުނީގެ ހައިބްރިޑް ކާރުތަކުގެ ވިކުން އެކުގައި ހިސާބުކުރާއިރު، މިއީ މާ ބޮޑު ކުންފުންޏެކެވެ. 2024 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރެކޯޑް 4.3 މިލިއަން ވެހިކަލް ވިއްކާފައިވެ އެވެ.
އާދީއްތަ ދުވަހު، ބީވައިޑީއިން ޓެސްލާއާ ވާދަކުރުމަށް އާ މޮޑެލެއް ތައާރަފްކުރި އެވެ.
މި ކުންފުނީގެ ކިިން އެލް މޮޑެލްގެ ފެށޭ އަގަކީ ޗައިނާގައި 119,800 ޔުއާން ކަމަށްވާއިރު، ޓެސްލާގެ މޮޑެލް 3 ގެ އަސާސީ ވާޝަންގެ އަގަކީ 235,500 ޔުއާންއެވެ.
RIPieces Tesla: 🪦 World’s #1 EV maker BYD has launched a BEV version of its best selling Qin L model for $16,000 — HALF the price of Tesla Model 3 in China 🇨🇳 — the Qin comes with a fridge + God’s Eye self driving. $BYDDY supplies batteries to $TSLA.pic.twitter.com/JkD10FgOTW
— Facts Chaser 🌎 🤦🏻♂️ (@Factschaser) March 23, 2025
ނިމިދިޔަ ހަފްތާގައި، ބީވައިޑީގެ ބާނީ ވަންގް ޗުއާންފޫއިން އާ ބެޓެރީ ޗާޖިންގް ޓެކްނޮލޮޖީއެއް ތައާރަފްކޮށް، އީވީއެއް ފަސް މިނެޓްގެ ތެރޭގައި ޗާޖްކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މިއީ ޓެސްލާގެ ސުޕަޗާޖާ ސިސްޓަމް ބޭނުންކޮށްގެން ޗާޖްކުރުމަށް 15 މިނެޓްވަރު ހޭދަވާވަރަށް ވުރެ އަވަސް ނިޒާމެކެވެ.
ފެބްރުއަރީ މަހު، ބީވައިޑީއިން އިއުލާންކުރި ގޮތުގައި 'ގޯޑްސް އައި' ކިޔާ އެޑްވާންސްޑް ޑްރައިވާ-އެސިސްޓަންސް ޓެކްނޮލޮޖީ ހުރިހާ މޮޑެލްތަކުގައި ހިލޭ ލިބެން ހުންނާނެ އެވެ.