ސްޓާ ވޯޒްއިން ޚިޔާލު ލިބިގެން އެންވީޑިއާއިން އުފެއްދި 'ބްލޫ' ރޮބޮޓް ކެލިފޯނިއާގެ ސަން ހޯސޭގައި ހުންނަ ސެޕް ސެންޓަރުގައި މާރޗް 18، 2025 ގައި ބޭއްވުނު ކޮންފަރެންސްގައި ސްޓޭޖުގައި.
އެންވީޑިއާއިން 3 ފޫޓުގެ 'ލޯބި' ރޮބޮޓެއް ތައާރަފުކޮށްފި
ގޭގައި ގެންގުޅެން ރޮބޮޓެއް ބޭނުންވާ މީހުންނަށް އުފާވެރި ޚަބަރެކެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާއިން 3 ފޫޓުގެ 'ލޯބި' ރޮބޮޓެއް ތައާރަފް ކޮށްފި އެވެ. ކެލިފޯނިއާގައި އަންގާރަ ދުވަހު ބޭއްވި ޓެކްނޮލޮޖީ ކޮންފަރެންސްގައި ދެފައި ހުންނަ 'ބްލޫ' ނަމަކަށް ކިޔާ މި ރޮބޮޓްވަނީ ތައާރަފް ކޮށްފަ އެވެ.
-
ޕިކްސާގެ ކްލެސިކް ފިލްމު ވޯލް-އީ ގައި ފެންނަ ރޮބޮޓާ އެއްގޮތްވާ ބްލޫ ސްޓޭޖަށް އަރަނިކޮށް އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާން ވަނީ "ތިއީ އަޖައިބު އެއްޗެއް ނޫންތޯ" ބުނެފަ އެވެ. "ކިހާ ބުއްދިވެރިކަމެއްތޯ" ބްލޫ ހިނގަމުން އޭނާއާ ހަމައަށް އައިސް ހުއްޓުމުން ހުއާން ބުންޏެވެ.
NVIDIA unveiled Blue, a Star Wars-inspired robot developed in collaboration with Disney Research and Google DeepMind, at the GTC 2025 conference.
— Vivek Naskar (@vivek_naskar) March 21, 2025
Blue is powered by Newton, an open-source physics engine designed to enhance robotic movement and learning. pic.twitter.com/BU2Mo7Wa4Q
ސްޓާ ވޯޒްގެ އާރުޓޫ-ޑީޓޫއިން ސީ-3ޕީއޯއާ ވާހަކަދައްކާހެން، ބްލޫ ރޮބޮޓުން އޭގެ ވެރިޔާއަށް ބަލަމުން ބީޕް އަޑުތަކުން ޖަވާބުދިނެވެ. ނަމަވެސް، މި ރޮބޮޓް ކޮންޓްރޯލްކުރީ ފަރުދާގެ ފުރަގަހުގައި ހުރި މުވައްޒަފެކެވެ. މާނައަކީ މި ރޮބޮޓް އަދިވެސް ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ.
-
އެންވީޑިއާއިން މި ރޮބޮޓް ތައާރަފްކުރުމާ އެކުހެން، ވާދަވެރި ކުންފުނި ބޮސްޓަން ޑައިނަމިކްސްއިން އެ ކުންފުނީގެ ހިއުމަނޮއިޑް ރޮބޮޓު 'އެޓްލަސް' ގެ އެކްރޮބެޓިކްސް ދައްކާ ވީޑިއޯއެއް ޝާއިއުކުރިއެވެ.
ހުއާން ބުލޫ ތައާރަފްކުރީ ކެލިފޯނިއާގެ ސަން ހޯސޭގައި އަންގާރަ ދުވަހު ބޭއްވި ޖީޓީސީ އޭއައި ކޮންފަރެންސް ގައެވެ. ބައެއް މީޑިއާތަކުން މި ކޮންފަރެންސް ސިފަކޮށްފައިވަނީ 'އޭއައި ގެ ސުޕާ ބޯލް' ގެ ގޮތުގަ އެވެ.
-
ސްޓާ ވޯޒް އިން އިންސްޕަޔާވެފައިވާ ބްލޫ އަކީ ގޫގުލް އަދި ޑިޒްނީއާ ގުޅިގެން ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. ޑިޒްނީއިން މި އަހަރުގެ ކުރީކޮޅު ފްލޮރިޑާގައި ހުންނަ ވޯލްޓް ޑިޒްނީ ވޯލްޑް އަދި ޑިޒްނީލޭންޑް ޕެރިސްގެ ތީމް ޕާކުތަކުގައި މި ރޮބޮޓް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.
-
އެންވީޑިއާގެ ކޮމްޕިއުޓަރުތައް ބޭނުންކޮށްގެން ހަދާފައިވާ މި ރޮބޮޓުގައި 'ނިއުޓަން' ކިޔާ އޭއައި ފިޒިކްސް އިންޖިން ހަރުކޮށްފައިވެ އެވެ. މިއީ އުނދަގޫ މަސައްކަތްތައް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
1993 ގައި ގާއިމްކުރި އެންވީޑިއާއަކީ ވީޑިއޯ ގޭމް ކުޅުމަށް ބޭނުންކުރާ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ. ޖީޕީޔޫތަކަކީ އޭއައި ޓެކްނޮލޮޖީ އަށްވެސް އެންމެ އެކަށީގެންވާ ޗިޕްތަކެވެ. އޭއައި ޓެކްނޮލޮޖީ އާންމުވުމާއެކު ސިލިކޮން ވެލީގައި ހުންނަ މި ކުންފުންޏަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ.
-
"އަހަރެމެން މިހާރު ހަދަނީ ޗިޕްސްތަކެއް ނޫން، އެއީ ކުރީގެ އުފާވެރި ދުވަސްތައް" ކަމަށް ހުއާން ބުންޏެވެ. "މިހާރު އަހަރެމެން ކުރާ މަސައްކަތަކީ އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުން."
ބޮސްޓަން ޑައިނަމިކްސްއިން އެކްސްގައި ޕޯސްޓްކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނީގެ އެޓްލަސް ރޮބޮޓުގެ އަކްރޮބެޓިކްސް ދައްކާ އާ ވީޑިއޯއެއް ޝާއިއުކޮށްފައިވެ އެވެ.