އެމްއައިޓީގެ ލެބޯޓްރީގައި އުދުހެމުންދާ ރޮބޮޓް ކުޅަނދުރު. މީގެ ކުރީގެ ވާޝަންތަކާ ޚިލާފަށް މި އާ ވާޝަނަށް 17 މިނެޓަށް އެއްތަނެއްގައި މަޑުކޮށްގެން ތިބެވޭ.

އިންޑޯ ވާޓިކަލް ފާމިންގައި މާތައް ޕޮލިނޭޓް ކުރުމަށް އާ ޓެކްނޮލޮޖީއެއް އެމްއައިޓީ އިން ތަރައްގީކޮށްފި

އާ 'ރޮބޮޓް ކުޅަނދުރު' އަކީ 1 ގްރާމަށްވުރެ ލުއި، 17 މިނެޓަށް ވައިގެތެރޭގައި ތިބެވޭ، އަދި ސިކުންތަކު 35 ސެންޓިމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭ ރޮބޮޓެއް.
11 ފެބްރުއަރީ 2025

އެއް ގްރާމަށްވުރެ ލުއި، އަދި އެހާމެ ހަލުވި، އަދި ކުޅަނދުރުގެ މަސައްކަތް ކުރާ 'ރޮބޮޓު ކުޅަނދުރެއް'  އެމެރިކާގެ މަސަޗުސެޓްސް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން  ޑިޒައިން ކޮށްފި އެވެ. މުސްތަގުބަލުގެ އިންޑޯ ދަނޑުތަކުގައި ގަސްތަކަށް ޕޮލިނޭޓްކުުރުމަށް އުފައްދާފައިވާ މި ރޮބޮޓު ކުޅަނދުރަށް ވައިގެތެރޭގައި 17 މިނެޓަށް ތިބެވޭއިރު، މީގެ ކުރީގެ އެއްވެސް ރޮބޮޓު ކުޅަނދުރަކަށް ނުލިބޭ ޓެކްނިކަލް ކުރިއެރުންތަކެއް އެމްއައިޓީ އިން ވަނީ ހާސިލުކޮށްފަ އެވެ.

  • އެމްއައިޓީގެ ފަސް ސައެންސްވެރިންގެ ޓީމަކުން މި މަހު ޝާއިއުކުރި އޯޕަން-އެކްސެސް ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި، އެމީހުން ތަރައްގީކުރި އާ ޑިޒައިނަކީ މީގެ ކުރިން ހުރި ކުޅަނދުރުގެ ސައިޒުގެ "މައިކްރޯ-އޭރިއަލް ވެހިކަލްސް" ނުވަތަ އެމްއޭވީތަކަށްވުރެ ފްލައިޓް ޕްރެސިޝަން އަދި އެޖިލިޓީ ރަނގަޅު އެއްޗެކެވެ.

ޖެނުއަރީ 15 ގައި ސައިންސް ރޮބޮޓިކްސް ގައި ޝާއިއުކުރި މި ދިރާސާގައި، އައު ރޮބޮޓު ކުޅަނދުރު ގެ ސަބަބުން އާޓިފިޝަލް ފިޔަތަކަށް ކުރާ މެކޭނިކަލް ސްޓްރެސް ކުޑަވެ، އޭގެ ސަބަބުން އަވަސް މެނޫވާތައް ކުރެވި، އެންޑިއުރެންސް އިތުރުވެ، އަދި ލައިފްސްޕޭން ދިގުވާނެ ކަމަށް ބުނެފައިވެ އެވެ.

ވާޓިކަލް ފާމިން އަށް ބަދަލުވުން

  • "މި ކަރުދާހުގައި ދައްކާލެވުނު އުދުހުމުގެ މިންވަރަކީ މިހާތަނަށް މި ދާއިރާގައި މި ރޮބޮޓުގެ އިންސެކްޓްތަކާއެކު ޖުމްލަ ކުރެވުނު އުދުހުމުގެ މިންވަރަށްވުރެ ގިނަ ކަމަށް ވެދާނެ،" އެމްއައިޓީގެ އިލެކްޓްރިކަލް އިންޖިނިއަރިން އެންޑް ކޮމްޕިއުޓާ ސައިންސް ޑިޕާޓްމަންޓްގެ އަދި މިރިސާޗް ކަރުދާހުގެ މައިގަނޑު ލިޔުންތެރިއާ ކެވިން ޗެން ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

ވާޓިކަލް ފާމެއް: ޕޮލިނޭޝަން ބޭނުންވާ ގަސްތައް ހެއްދުމަށް ރޮބޮޓް ކުޅަނދުރަށް މިފަދަ ތަންތަނުގައި 17 މިނެޓަށް އުދުހި، 90 އަށްވުރެ ގިނަ ބާވަތުގެ ގަސްތަކަށް ޕޮލިނޭޓްކޮށްދެވޭނެ.

"މި ރޮބޮޓުގެ އިތުރުވެފައިވާ ލައިފްސްޕޭން އަދި ޕްރެސިޝަންއާއެކު، އަޅުގަނޑުމެން ވަރަށް ފޯރިގަދަ އެޕްލިކޭޝަންތަކަކާ ގާތްވަމުން މިދަނީ، އޭގެ ތެރޭގައި ޕޮލިނޭޝަންވެސް ހިމެނޭ."

ވާޓިކަލް ފާމިން އަށް މުހިންމުވާ ސަބަބު

އާޓިފިޝަލް އިންޓެލިޖެންސް އަދި އާޓިފިޝަލް ލައިޓް ބޭނުންކޮށްގެން އިންޑޯ ސްޕޭސްތަކުގައި ގަސްތައް ހައްދާ ގޮތް ކަމުގައިވާ ވާޓިކަލް ފާމިންގައި ލެޓިއުސް އަދި ހާބްސް ފަދަ ފަތްޕިލާވެލި ފިޔަވައި އެހެން ގަސްތައް ހެއްދުމަށް ކު ގުދުރަތީ ޕޮލިނޭޝަން ސިމިއުލޭޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

  • އެއީ ކާ ތަކެތީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އުފެއްދުމަށް ޕޮލިނޭޝަން ބޭނުންވާތީ އެވެ. ނަމަވެސް މީގައި ބޮޑު މައްސަލައެއް އެބައޮތެވެ. އާންމުކޮށް މި ފެންނަ މާމުއި ކުޅަނދުރަށް އާޓިފިޝަލް އަލީގައި އިމާރާތްތަކުގެ ތެރޭގައި ފަސޭހައިން ދަތުރު ނުކުރެވެ އެވެ. އަދި އަތުން ޕޮލިނޭޓްކުރުމަކީ ވަރަށް އަގުބޮޑު އަދި ގިނަ ވަގުތު ނަގާ ކަމެކެވެ. އެހެންކަމުން ރޮބޮޓު ޕޮލިނޭޓަރުން ބޭނުންކުރުމަކީ ބައެއް ފަރާތްތަކުން ބަލައިގަންނަ އޮޕްޝަނަކަށް ވެފައިވެ އެވެ.

އެމްއައިޓީގެ ލެބޯޓްރީގައި އުދުހެމުންދާ ރޮބޮޓް ކުޅަނދުރު. މީގެ ކުރީގެ ވާޝަންތަކާ ޚިލާފަށް މި އާ ވާޝަނަށް 17 މިނެޓަށް އެއްތަނެއްގައި މަޑުކޮށްގެން ތިބެވޭ.
ޕޮލިނޭޝަން ބޭނުންވާ ގަސްތައް ހެއްދުމަށް ތައްޔާރުވަމުންދާ އިންޑޯ ފާމެއް. އާ ރޮބޮޓް ކުޅަނދުރަށް މިފަދަ ތަންތަނުގައި 17 މިނެޓަށް އުދުހި، 90 އަށްވުރެ ގިނަ ބާވަތުގެ ގަސްތަކަށް ޕޮލިނޭޓްކޮށްދެވޭނެ.

އާބާދީގެ ކުރިމަގު

2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ ނުވަ ބިލިއަނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކޮށް ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެހީވެދޭނެ ގޮތެއްގެ ގޮތުގައި ސިޓީތަކުގައި ކުރެވޭ ވާޓިކަލް ދަނޑުވެރިކަމަށް ސައިންޓިސްޓުން މަސައްކަތްކުރަމުންދެ އެވެ.

  • ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ބުނާ ގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް، ކޮންމެ ތިން މީހުންގެ ތެރެއިން ދެ މީހުން ދިރިއުޅޭނީ ސިޓީ ސަރަހައްދުތަކުގަ އެވެ. އިތުރުވަމުންދާ ސިޓީތަކުގެ އާބާދީއާ ގާތުން ތާޒާ ފަތްޕިލާވެއްޔާއި ތަރުކާރީ އުފެއްދުމަކީ "ޑިސްޓްރިބިއުޝަން ޗެއިން ކުޑަކޮށް، އެމިޝަންތައް ދަށްކޮށް، ނިއުޓްރިއެންޓް ގިނަ އުފެއްދުންތައް ފޯރުކޮށްދީ، ފެނުގެ ބޭނުންކުރުމާއި ރަންއޯފް މާބޮޑުތަން މަދުކުރުމަށް މެދުވެރިވެ، އިތުރުވަމުންދާ ދުނިޔޭގެ ކާނާގެ ބޭނުންތައް ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުއްދުމަށް އެހީތެރިވެދޭނެ" ކަމެކެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތައް

ވާޓިކަލް ފާމިން އަށް މިހާރު ހުރި ހުރަސްތައް ފަހަނައަޅައި ދިއުމަށް އެންމެ ބޮޑު ފިޔަވަޅަކަށް ވެދާނެ ކަމަކީ ކުޅަނދުރާއި މެއްސާއި އެހެނިހެން އިންސެކްޓްތަކުގެ ޕޮލިނޭޝަން ބޭނުންވާ، ޚާއްސަކޮށް މޭވާއާއި ތަރުކާރީ ގަސްތަކަށް މިކަން ފުޅާކުރުމެވެ.

  • އެފަދަ ގަސްތަކުގެ ލިސްޓު ދިގެވެ. އަލުވި، ފިޔާ، ކީވީ، ސެލެރީ، އަނބު، ބްރޮކަލީ، ކޯލީފްލަވާ، ކެންޓަލޯޕް އަކީ އޭގެ ކުޑަ މިސާލެކެވެ. ޖުމްލަ ގޮތެއްގައި،  90 އަށްވުރެ ގިނަ ބާވަތުގެ ސްޕެޝަލްޓީ ކްރޮޕްތަކަށް ކުޅަނދުރާއި އެހެނިހެން އިންސެކްޓް ޕޮލިނޭޓަރުންގެ ޕޮލިނޭޝަން ބޭނުންވެ އެވެ.

މެކޭނިކަލް ކުރިއެރުންތައް

އެމްއައިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި މި ޑިޒައިންގެ އެންމެ މުހިންމު ކުރިއެރުމަކީ އެމްއޭވީ އަށް އޭގެ އާޓިފިޝަލް "މަސްލްސް" ތަކަށް ކުރާ ސްޓްރެސް ކުޑަކުރެވުމެވެ.

  • ރޮބޮޓުގެ ފިޔަތަކުގެ ހަރަކާތް ކޮންޓްރޯލްކުރަނީ މި ކުދި، މަޑު އެކްޗުއޭޓާތަކުންނެވެ. އެމްއައިޓީ އިން ބުނާ ގޮތުގައި މިއީ ވަރަށް ތުނި ދެ ކާބަން ނެނޯޓިއުބް އިލެކްޓްރޯޑްތަކެއްގެ ދެމެދުގައި އިލަސްޓޯމަރ ލޭޔަރތަކެއް ލައި، ދެން 'ސްކުއިޝީ ސިލިންޑަރެއް' ގެ ސިފައިގައި ރޯލްކޮށްފައި ހުންނަ އެއްޗެކެވެ.

އެކްޗުއޭޓާތައް އަވަހަށް ކޮމްޕްރެސްވެ ދިގުވެުގެން ދިއުމުން، އޭގެ ސަބަބުން ފިޔަތައް ޖަހަން މެކޭނިކަލް ބާރު އުފެދެ އެވެ.

މީގެ ކުރީގެ ޑިޒައިންތަކުގައި މި 'މަސްލްސް' ތައް ވަރަށް މަތީ ފްރީކުއެންސީތަކަށް ދިޔައިރު، އެ ތާށިވުމުގެ މައްސަލަ ދިމާވެ، އޭގެ ސަބަބުން ރޮބޮޓުގެ ޓޯކް ޕަވާ އަދި މެނޫވަރަބިލިޓީ ދަށްވިއެވެ. ނަމަވެސް މި އާ ކުޅަނދުރުގައި ސްޓްރެއިން ކުޑަކުރެވިފައިވާ ކަމަށް ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް