މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ސްޕޯޓްސް ކޯޕަރޭޝަން އުވިއްޖެ؛ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ
ސަރުކާރަށް ބުރައަކަށްވެފައި އޮތް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު އުވިއްޖެ އެވެ.
ވީ ކިހިނެއް؟ - ކުޅިވަރުގެ ގާނޫނަށް މިފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި މުހިންމު އިސްލާހުތައް ތަސްދީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގައި ކުޑަ ހަފްލާއެއް ބާއްވަވައިފަ އެވެ.
ތަފްސީލް - އެ ހަފްލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން މިއަދު ފެށިގެން އުވުނު ނަމަވެސް އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންނަށް ސަރުކާރުގެ ތެރެއިން ފުރުސަތުތައް ދެއްވާނޭ ކަމަށެވެ.
އޭގެ ތަފްސީލަކަށް ރައީސް ވަޑައެއް ނުގަންނަވަ އެވެ.
ކުޅިވަރުގެ ގާނުނަށް ގެނައި އިސްލާހުތައް މިއަދު ތަސްދީގުކުރުމާ އެކު ސްޕޯޓް ކޯޕަރޭޝަން އުވިގެންދާނެ. ރައީސް ވިދާޅުވީ އެ ކުންފުނީގައި ތިބި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނޭ ކަމަށާއި އެ މީހުން ބަދަލު ކުރާނީ ކުޅިވަރު ވުޒާރާގެ ދަށަށް pic.twitter.com/zBDKzw4Pxa
— Dhauru (@Dhaurunews) May 19, 2025
އެނގުން މުހިންމު - ސްޕޯޓްސް ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓްތަކުން ދައްކާ ގޮތުގައި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ސްޕޯޓްސް ކޯޕަރޭޝަނަށް ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި 34.5 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.
އެހެންވެ، އެތަން އުވާލުމުގެ މަސައްކަތް ކުރީ ސަރުކާރުން ވެސް ކުރި އެވެ.
ކިޔާލަން -
ރައީސް ވަނީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރަން މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ:
-
މާލެ އާއި އަތޮޅުތައް ހަމަހަމަ ވާނޭ ގޮތަކަށް ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފަށައިގެން ކުރިއަށް އެބަ ގެންދަން
-
އެތްލީޓުންނަށް އެކި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭނަން
"މާލެ ސަރަހައްދު އެންމެ ބައިބޯވީމާ ގާއިމްކުރަން ޖެހޭ ކުޅިވަރުގެ ބޮޑެތި ވަސީލަތްތައް ވެސް އަޅުގަނޑުމެން ގާއިމްކުރުމުގެ މަސައްކަތްތައް އެބަ ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (1)
ބެއްޔާގެ ދަރި