ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ކ) އަދި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ އިންފްރާރެޑް ކެމެރާ އިން ނަގާފައިވާ އެޗްއާރް 89 ނިޒާމުގެ ހަތަރު ބޮޑެތި ޕްލެނެޓް. މި ނިޒާމަކީ އަހަރުމެންނާ 130 އަލި އަހަރު ދުރުގައިވާ ޕެގަސަސް ބުރުޖުގައި ހިމެނޭ 30 މިލިއަން އަހަރުގެ ނިޒާމެއް.

ޖައްވީ ދިރާސާ

ނާސާގެ ޖޭމްސް ވެބް ޓެލެސްކޯޕުން ގޭސް ޕްލެނެޓް ތަކެއް ހޯދައިފި

ޖޭމްސް ވެބް ޓެލެސްކޯޕުން 130 އަލި އަހަރު ދުރުގައި އޮތް ޕްލެނެޓަރީ ނިޒާމެއްގައި ޕްލެނެޓްތައް އުފެދިފައިވާ ގޮތުގެ އާ މައުލޫމާތުތަކެއް ހިއްސާކޮށްފި
19 މާރިޗު 2025


އަހަރެމެންގެ ސޯލާ ސިސްޓަމް  ކިހާ ވަރަކަށް އާދަޔާ ޚިލާފުތޯ؛ އިންސާނުން އަބަދުވެސް ކުރާ މި ސުވާލަށް ޖަވާބު ހޯދުމަށް ނާސާގެ ޖޭމްސް ވެބް ޓެލެސްކޯޕުން ކުރާ މަސައްކަތުގައި އެޗްއާރް 8799 ނިޒާމުގެ ބޮޑެތި ޕްލެނެޓްތަކެއްގެ ސިއްރުތައް ހާމަވެއްޖެ އެވެ.

ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން އެއް ޕްލެނެޓަރީ ނިޒާމެއްގެ ތެރޭގައި ހިމެނޭ ގިނަ ބޮޑެތި ގޭސް ޕްލެނެޓްތަކެއްގެ ފޮޓޯތަކެއް ނަގައިފި އެވެ. ގާތްގަޑަކަށް 130 އަލި އަހަރު ދުރުގައިވާ ޒުވާން ނިޒާމެއްކަމުގައިވާ އެޗްއާރް 8799 އަކީ ޕްލެނެޓް އުފެދުމާބެހޭ ދިރާސާތަކުގައި މުހިންމު އަމާޒެއްގެ ގޮތުގައި ކުރިންވެސް ފާހަގަކުރެވިފައިވާ ނިޒާމެކެވެ.

ބޮޑެތި ޕްލެނެޓްތަކެއްގެ ޖައްވުގައި ކާބަން ޑައިއޮކްސައިޑް

މި އާ ހޯދުންތަކުން ދައްކައިދޭ ގޮތުގައި އެޗްއާރް 8799 ގެ ދިރާސާކުރެވިފައިވާ ޕްލެނެޓްތަކުގެ ޖައްވުގައި ކާބަން ޑައިއޮކްސައިޑް ގޭސް ގިނައިން އެކުލެވެ އެވެ. މި ހޯދުމަކީ މި ނިޒާމުގައިވާ ހަތަރު ބޮޑެތި ޕްލެނެޓްތަކުގައި ވެސް އުފެދިފައިވަނީ ޖުޕިޓާ އަދި ސެޓަން ފަދައިން، ޕްރޮޓޯޕްލެނެޓަރީ ޑިސްކެއްގެ ތެރެއިން ގޭސް އަދި އެހެނިހެން މާއްދާތައް މަޑުމަޑުން އެއްވެ ހަރު ކޯއެއް އުފެދިގެން ޕްލެނެޓްތައް އުފެދޭކަން ދަލީލުކޮށްދޭ ހެއްކެކެވެ. މި ގޮތަށް ޕްލެނެޓްތައް އުފެދޭ ޕްރޮސެސްއަށް ކިޔަނީ ކޯ އެކްރީޝަން އެވެ.

އެކްސޯޕްލެނެޓު ޖައްވުގެ ބަދަލު ދެނެގަތުން

މި ނަތީޖާތަކުން އަދި ހާމަކުރެވުނު ގޮތުގައި ވެބް ޓެލެސްކޯޕްއަށް މިހާރު އެކްސޯޕްލެނެޓު (ސޯލާ ސިސްޓަމުން ބޭރުގެ ޕްލެނެޓް) ޖައްވުގައި ހުރި ކެމިކަލްތައް ފޮޓޯތަކުން ދެނެގަނެވިދާނެ އެވެ. މި ޓެކްނިކްއަކީ ވެބްގައި ހުރި ސްޕެކްޓްރޮސްކޮޕިކް އިކުއިޕްމެންޓްތަކަށް މަގުފަހިކޮށްދޭ ކަމެއްކަމަށްވާއިރު، މި އިކުއިޕްމެންޓްތަކުން ޖައްވުގައިވާ ތަކެތި ތަފްސީލުކޮށް ދައްކުވައިދެ އެވެ.

  • "މި ގަދަ ކާބަން ޑައިއޮކްސައިޑް ފީޗާތައް ފާހަގަކުރުމުން ދައްކައިދެނީ މި ޕްލެނެޓްތަކުގެ ޖައްވުގައި ކާބަން، އޮކްސިޖަން އަދި ދަގަނޑު ފަދަ ބަރު އެލިމެންޓްތައް ގިނަ އަދަދަކަށް ހުރިކަމެވެ،" ބޯލްޓިމޯގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ވިލިއަމް ބާލްމާ ބުނެފައިވެ އެވެ.

އޭނާ ބުނާގޮތުގައި  މިއީ ކޯ އެކްރީޝަން މެދުވެރިކޮށް އުފެދުނު ޕްލެނެޓްތަކެއްކަމަށް  ބެލެވެ އެވެ. މިއީ އަހަރެމެންނަށް ސީދާ ފެންނަ ޕްލެނެޓްތަކާ ބެހޭގޮތުން ކުރެވުނު މުހިންމު ނިންމުމެއް ކަމަށް ވިލިއަމް ބުންޏެވެ.

މި ނަތީޖާތައް ކުރިން ޝާއިއު ކުރެވުނު ދިރާސާގެ މައިގަނޑު ލިޔުންތެރިޔާއަކީ ބާލްމާ އެވެ. ދިރާސާއަކީ އިއްޔެ ދަ އެސްޓްރޯފިޒިކަލް ޖާނަލްގައި ޝާއިއުކުރެވުނު ދިރާސާއެކެވެ. ބާލްމާ އަދި އޭނާގެ ޓީމްގެ އެނަލިސިސްއަށް އިތުރުން ހިމެނެނީ ވެބްގެ ހޯދުންތައްކަމުގައިވާ 51 އެރިޑާނީ ކިޔާ 97 އަލި އަހަރު ދުރުގައިވާ ނިޒާމެކެވެ.

30 މިލިއަން އަހަރުގެ ޒުވާން ނިޒާމް

އެޗްއާރް 8799 އަކީ ގާތްގަނޑަކަށް 30 މިލިއަން އަހަރު ޒުވާން ނިޒާމެކެވެ. މިއީ އަހަރުމެންގެ ސޯލާ ސިސްޓަމްގެ 4.6 ބިލިއަން އަހަރާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. އަދިވެސް އެތަކެތި އުފެދުނުއިރުގެ ހަލަބޮލި ހާލަތުން ހޫނުވެފައިވާ މި ޕްލެނެޓްތަކުން ސައިންޓިސްޓުންނަށް ޕްލެނެޓްތައް އުފެދުނުގޮތާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ދޭ އިންފްރާރެޑް ލައިޓް ބޭރުކުރެ އެވެ.

  • "މިފަދަ ދިރާސާތަކުގެ އުންމީދަކީ އަހަރެމެންގެ އަމިއްލަ ސޯލާ ސިސްޓަމް، ފުރާނަ، އަދި އަހަރެމެން އެހެން އެކްސޯޕްލެނެޓަރީ ނިޒާމްތަކާ އަޅާކިޔާގޮތަށް ބަލާއިރު ދެނެގަތުން،" ބާލްމާ ބުންޏެވެ. "އަހަރެމެން ބޭނުންވަނީ އެހެން ސޯލާ ސިސްޓަމްތަކުގެ ފޮޓޯތައް ނަގައި، އެތަންތަން އަހަރެމެންގެ ނިޒާމަށް ވުރެން ކިހާ އެއްގޮތްތޯ އަދި ކިހާ ތަފާތުތޯ ދެނެގަތުމެވެ. އަހަރެމެންނަށް ބަލާލެވިދާނެ އަހަރެމެންގެ ސޯލާ ސިސްޓަމަކީ ކިހާ ވަރަކަށް އާދަޔާ ޚިލާފުތޯ ނުވަތަ ކިހާ ވަރަކަށް ނޯމަލްތޯ."

މަދުން ފެންނަ އެކްސޯޕްލެނެޓުތައް

ހޯދިފައިވާ ގާތްގަނޑަކަށް 6،000 އެކްސޯޕްލެނެޓުތަކުގެ ތެރެއިން، މަދު އަދަދެއްގެ ޕްލެނެޓްތަކުގެ ސީދާ މަންޒަރު ފެނިފައިވެ އެވެ. މިއީ ބޮޑެތި ޕްލެނެޓްތައް ވެސް ހަގީގަތުގައި ޕްލެނެޓްތައް ދައުރުވާ ތަރިތަކަށްވުރެ އެތަކެއްހާސް ގުނަ ލަސްވާތީ އެވެ. އެޗްއާރް 8799 އަދި 51 އެރިޑާނީގެ މަންޒަރުތައް ފެނުނީ ވެބްގެ އެން.އައި.އާރ.ކެމް (ނިއަރ-އިންފްރާރެޑް ކެމެރާ) ކޮރޯނަގްރާފް، ތަރިތަކުގެ އަލިކަން ބްލޮކުކޮށްގެން އެހެންގޮތަކަށް ނުފެންނާނެ ޕްލެނެޓްތައް ދައްކައިދިނުމުންނެވެ.

  • މި ޓެކްނޮލޮޖީއިން ޓީމަށް ޕްލެނެޓްތަކުން ބޭރުކުރާ އިންފްރާރެޑް ލައިޓް ހޯދުމަށް ފުރުސަތު ލިބުނެވެ. އެއީ ހާއްސަ ގޭސްތަކުން އެބްސޯބްކުރާ ވޭވްލެންތްތަކެވެ. ޓީމުން ހޯދިގޮތުގައި އެޗްއާރް 8799 ގެ ހަތަރު ޕްލެނެޓްގައި ކުރިން ހީކުރެވުނު ވަރަށްވުރެ ގިނަ ބަރު އެލިމެންޓްތައް އެކުލެވެ އެވެ.

އިތުރު ދިރާސާތަކަށް މަގުފަހިކުރުން

ޓީމުން މިހާރު އިތުރު ތަފްސީލީ ހޯދުންތަކަށް މަގުފަހިކުރަމުންދަނީ އެހެން ތަރިތަކުގެ ވަށައިގެން ދައުރުވާތަން ފެންނަ އެއްޗެހި ހަގީގަތުގައި ބޮޑެތި ޕްލެނެޓްތަކެއްތޯ ނުވަތަ ބްރައުން ޑްވާފް ފަދަ އެއްޗެހިތޯ ބެލުމަށެވެ. ބްރައުން ޑްވާފްތަކަކީ ތަރިތަކެކެ އެއްގޮތަށް އުފެދޭ އެއްޗެހި ނަމަވެސް، ނިއުކްލިއާ ފިއުޝަން އަލިފާނުބޭރުވެގެން ބަދަލުކުރަން ބޭނުންވާވަރަށް މާއްދާ ނުހުންނަ އެއްޗެއްސެވެ.

  • "އަހަރެމެންގެ އަތުގައި އިތުރު ހެކިވެސް އެބަހުރި މި ހަތަރު އެޗްއާރް 8799 ޕްލެނެޓްތައް 'ބޮޓަމް-އަޕް' އެޕްރޯޗެއް ބޭނުންކޮށްގެން އުފެދުނުކަމަށް ދަލީލުކޮށްދޭ،" ބޯލްޓިމޯގެ ސްޕޭސް ޓެލެސްކޯޕް ސައިންސް އިންސްޓިޓިއުޓްގެ ފަލަކީ މާހިރު ލޯރަންޓް ޕުއޭޔޯ ބުނެފައިވެ އެވެ. އޭނާއަކީ މި މަސައްކަތުގައި ލީޑުކުރި މީހެކެވެ. "އަހަރެމެންނަށް ސީދާ މަންޒަރު ފެންނަ ޕްލެނެޓްތަކުގައި މިކަން އާންމުތޯ؟ އަދިއެއް ނޭނގެ، އެކަމަކު އަހަރުމެން އިތުރު ވެބް އޮބްޒަވޭޝަންތަކަށް ހުށައަޅަނީ އެ ސުވާލު ޖަވާބު ދިނުމަށްޓަކައެވެާ."

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ހޯދާފައިވާ ހުރިހާ ހޯދުންތަކެއް 

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ޓައިމްލައިން

  • 1989: ސްޕޭސް ޓެލެސްކޯޕް ސައިންސް އިންސްޓިޓިއުޓް (އެސްޓީއެސްސީއައި) އަދި ނާސާއިން އެކުގައި ނެކްސްޓް ޖެނެރޭޝަން ސްޕޭސް ޓެލެސްކޯޕް ވޯކްޝޮޕެއް ބާއްވައި، ހަބްލް ސްޕޭސް ޓެލެސްކޯޕްގެ ފަހުން އަންނާނެ ޓެލެސްކޯޕަކަށް އަމާޒުކުރެވުނެވެ.

  • 1996: އެސްޓީއެސްސީއައި ކޮމިޓީއަކުން އިންފްރާރެޑް އަލި އޮބްޒާވުކުުރުމުގެ ޤާބިލުކަން ހުންނަ، ބޮޑު ޓެލެސްކޯޕެއް ބިނާކުރުމަށް ހުށަހެޅިއެވެ. ނާސާއިން ނެކްސްޓް ޖެނެރޭޝަން ސްޕޭސް ޓެލެސްކޯޕްއަށް ފީސިބިލިޓީ ދިރާސާތައް ފެށި އެވެ.

  • 2002: ޓެލެސްކޯޕްގެ ނަން ނާސާގެ ދެވަނަ އެޑްމިނިސްޓްރޭޓަރުކަމުގައިވާ ޖޭމްސް އީ. ވެބްގެ ޝަރަފުގައި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަށް ބަދަލުކުރެވުނެވެ.

  • 2004: ސައިންސް އާލާތްތަކާއި މައި މިރާގެ 18 ބައިތައް ހިމެނޭ މުހިންމު ތަކެތި އުފެއްދުމުގެ މަސައްކަތް ފެށުނެވެ.

  • 2011: ބެރީލިއަމްއިން ހަދައި ރަނުގެ ތުނި ފަށަލައަކުން ޖަހާފައިވާ މައި މިރާގެ ބައިތައް ކްރަޔޮޖެނިކް ޓެސްޓުތައް ފާސްކުރުމަށްފަހު ނިމުނެވެ.

  • 2013: ހުރިހާ މައި މިރާގެ ބައިތަކާއި ސައިންސް އާލާތްތައް ނާސާގެ ގޮޑާޑް ސްޕޭސް ފްލައިޓް ސެންޓަރަށް ގެނެވުނެވެ.

  • 2017: މިރާތަކާއި ސައިންސް އާލާތްތައް ގުޅުވާލައި ޓެސްޓުކުރުމަށްފަހު، އިތުރު ޓެސްޓުތަކަށްޓަކައި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރަށް ފޮނުވުނެވެ.

  • 2021: ޑިސެމްބަރ 25: ޖޭޑަބްލިއުއެސްޓީ ފްރެންޗް ގުއާނާގެ ކޯރޯގައިވާ ގުއާނާ ސްޕޭސް ސެންޓަރުން އިސްޓަން ސްޓޭންޑަޑް ޓައިމްގައި ހެނދުނު 7:20 ގައި އެރިއަން 5 ރޮކެޓެއްގައި ކާމިޔާބުކަމާއެކު ދަތުރުފެށި އެވެ.

  • 2022:

  • ޖެނުއަރީ 24: ޖޭޑަބްލިއުއެސްޓީ އޭގެ މަންޒިލަށް، ދެވަނަ ލެގްރޭންޖް ޕޮއިންޓް (އެލް2) އަށް ވާސިލުވި އެވެ. މިއީ ދުނިޔެއާ ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.ޖުލައި 12: ނާސާއިން ޖޭޑަބްލިއުއެސްޓީއިން ނެގުނު ފުރަތަމަ ފުލް-ކަލާ ފޮޓޯތައް ޝާއިއުކޮށް، އޭގެ ވަރުގަދަ ގާބިލުކަން ދައްކުވައިދީ، ޔުނިވާސްގެ ކުރީގައި ނުދެކޭފަދަ މަންޒަރުތަކެއް ހާމަކުރިއެވެ.

  • ޖެނުއަރީ 24: ޖޭޑަބްލިއުއެސްޓީ އޭގެ މަންޒިލަށް، ދެވަނަ ލެގްރޭންޖް ޕޮއިންޓް (އެލް2) އަށް ވާސިލުވިއެވެ. މިއީ ދުނިޔެއާ ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.

  • ޖުލައި 12: ނާސާއިން ޖޭޑަބްލިއުއެސްޓީއިން ނެގުނު ފުރަތަމަ ފުލް-ކަލާ ފޮޓޯތައް ޝާއިއުކޮށް، އޭގެ ޤާބިލުކަން ދައްކުވައިދީ، ޔުނިވާސްގެ ކުރީގައި ނުދެކޭފަދަ މަންޒަރުތަކެއް ހާމަކުރިއެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް