ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން އައިސީޓީ ދާއިރާގެ ކޯސްތައް ހިންގަން އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ކޮވިޑުގައި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އައިސީޓީ ދާއިރާގެ ކޯސްތަކެއް ހިންގަނީ

މިނިސްޓްރީން ވަނީ އެމްއެންޔޫ ހިމެނޭ ގޮތަށް ފަސް ކޮލެޖަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާގެ ކޯސްތައް ހިންގުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިތުރު ފަސް ކޮލެޖަކާ އެކު އެ މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އައިސީޓީގެ މައިގަނޑު ހަތަރު ދާއިރާއެއްގެ ކޯސްތައް ހިންގުމަށް އެމްއެންޔޫ އާއި ފަސް ކޮލެޖަކާ އެކު މިދިޔަ ހޯމަ ދުވަހު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. 

ތަފްސީލު - އެމްންޔޫގެ އިތުރުން ދެން މިނިސްޓްރީން ސޮއިކުރި ކޮލެޖްތަކަކީ:

  • އެވިޑް ކޮލެޖް

  • ސައިރިކްސް ކޮލެޖް

  • އެމްއައި ކޮލެޖް 

  • ވިލާ ކޮލެޖް

ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން އައިސީޓީ ދާއިރާގެ ކޯސްތައް ހިންގަން އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ކޯސްތައް ހިންގާ ހަތަރު ދާއިރާއަކީ:

  • ކްލައުޑް އަދި ސައިބާ ސެކިއުރިޓީ  

  • ވެބް ޑިޒައިން އަދި ޑިވޮލޮޕްމަންޓް

  • ސާވާ އަދި ނެޓްވޯކިން

  • މަލްޓިމީޑިއާ 

ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން އައިސީޓީ ދާއިރާގެ ކޯސްތައް ހިންގަން އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)
ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން އައިސީޓީ ދާއިރާގެ ކޯސްތައް ހިންގަން އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ބުނީ ކީކޭ؟ - މިނިސްޓްރީން ބުނީ، މި ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމާ އެކު ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިން ކަމަށެވެ.

އައިސީޓީ ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން އެކައުންޓިން އަދި ޑައިވިން ދާއިރާ އިން ގިނަ ފުރުސަތުތަކަކަށް މިނިސްޓްރީގެ ޖޮބް ސެންޓަރު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް