ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ކޮވިޑުގައި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ޑައިވިން ކޯސްތަކެއް ހިންގަނީ

މި ޕްރޮގްރާމުގެ ބޭނުމަކީ ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ވަޒީފާއަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތު ހޯދަން މަގުފަހިކޮށްދިނުން

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، ޑައިވިން ދާއިރާއާ ގުޅޭ ކޯސްތަކެއް ހިންގަން ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯސްތައް ހިންގަން ޖުމުލަ 10 ފަރާތަކާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅޭ އެއްބަސްވުންތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އެވެ.

ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)
ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ތަފްސީލު -  ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ބައެއް ކަމަށްވާ 'އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމު'ގެ ދަށުން އެ ކޯސްތައް ހިންގަން ހަވާލުކުރީ:

  • މޫދު ބުޅާ ޑައިވް ސެންޓަރު

  • ވޯޓާ ޕްރޫފް ސްޕޯޓްސް މޯލްޑިވްސް

  • އޯޝަން ޖަންކީސް

  • ޑައިވް ކްލަބް މޯލްޑިވްސް

  • ޑައިވާސް ލޮޖް މޯލްޑިވްސް

  • ޑައިވް ޑެސްކް

  • ނައިފަރު ސްކޫބާ ސެންޓަރު

  • ޕެޝަންސް ޕެރެޑައިސް

  • އޯޝަން ވޮރިއާސް ޑައިވް އިންސްޓިޓިއުޓް

  • ވިލާ ކޮލެޖު

  • ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެ ޕްރޮގްރާމުގެ ދަށުން ޑައިވިން ދާއިރާގެ ހަތް ކޯސް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެއީ:

  • އޯޕަން ވޯޓާ ޑައިވް ކޯސް

  • އެޑްވާންސް އޯޕަން ވޯޓާ ޑައިވް ކޯސް

  • އެމަޖެންސީ ފަސްޓް ރެސްޕޮންޑާ ކޯސް

  • ރެސްކިއު ޑައިވާ ކޯސް

  • ޑައިވް މާސްޓާ ކޯސް

  • އެސިސްޓެންޓް އިންސްޓްރަކްޓާ ކޯސް

  • އޯޕަން ވޯޓާ އިންސްޓްރަކްޓާ ކޯސް

ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)
ކޮވިޑް-19 އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ޑައިވިން ކޯސްތައް ހިންގަން، އެ ދާއިރާގެ ފަރާތްތަކާ ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެނގުން މުހިންމު - އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ވަޒީފާއަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތު ހޯދަން މަގުފަހިކޮށްދިނުމެވެ.

ޑައިވިން ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން އެކައުންޓިން ދާއިރާ އިން ވެސް މީގެ ކުރިން ފުރުސަތުތަކެއް ހުޅުވާލި އެވެ. މި ހަފްތާގެ ތެރޭގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ ދާއިރާތަކުން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް