މަސް މާރުކޭޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެއްބަސްވުމެއް އޮތަސް މާރުކޭޓު ބިން ސަރުކާރާ ހަވާލުކުރެވޭނެ: ހައުސިން މިނިސްޓްރީ
މާލޭ މާރުކޭޓު ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތްކުރަން އޮތް ބިން ކުރީގެ ސިޓީ ކައުންސިލުން އެހެން ބަޔަކާ ހަވާލުކޮށްފައި އޮތް ނަމަވެސް ސަރުކާރާ އެ ބިން ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީިކިހިނެއް؟ - މާލެ ސިޓީ ކައުންސިލް މި ބިން ހައުސިން މިނިސްޓްރީއަށް ހަވާލުނުކުރަނީ، އޭގެ ކުރިން މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ހުންނަވަނިކޮށް ދެ ކުންފުންޏަކަށް އެ ބިން ހަވާލުކޮށްފައި އޮތުމުން ކަމަށް ބުނެ އެވެ. ސިޓީ ކައުންސިލުން އޮޑިޓް ފާމަކާ ހަވާލުކޮށްގެން ހަދާފައިވާ އޮޑިޓުން ދައްކާ ގޮތުން:
-
ފުރަތަމަ އެއްބަސްވުން އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިންއާ އެކު ސޮއިކުރީ 19 އޮގަސްޓް 2022ގައި؛ ދެވަނަ އެއްބަސްވުން ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީއާ އެކު ސޮއިކުރީ 9 މާޗު 2023ގައި
-
އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިންއާ އެކު ސޮއިކުރި އެއްބަސްވުން ބާތިލްކުރިކަން އަންގާފައިވާކަމުގެ ލިޔުމެއް؛ އެ ޕްރޮޖެކްޓް އެެހެން ބަޔަކަށް ދޭން ފާސްކުރި ކަމަށް ފެންނަ ޖަލްސާއެއްގެ ޔައުމިއްޔާއެއް ވެސް ފެންނާކަށް ނެތް
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައިރު އިންޖިނިއަރިން ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން، އެ އެއްބަސްވުމުގައިވާ ގޮތަށް ބާތިލްކުރުމަށް ފަހު ނޫނީ ސިޓީ ކައުންސިލުން ބުނާއިރު، އެއްވެސް ބަދަލަކާ ނުލާ އެއްބަސްވުން ބާތިލްކުރުމަށް އެ ކުންފުނި ތައްޔާރަށް އޮތްކަން އަންގައި ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތަށް މިހާތަނަށް އެ ކުންފުނިން ވަގުތީ ގޮޅި އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން، އެއްބަސްވުން ބާތިލްކުރުމަކީ އެ ކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި ނުދެކޭ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އެއްބަސްވުން ބާތިލްނުކޮށް ވެސް ސަރުކާރާ އެ ބިން ހަވާލުކުރުމަށް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން އެ ގޮތަށް ދެކޭ ސަބަބަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއަކަށް ބިން ހަވާލުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހެވެ. ހައުސިން މިނިސްޓްރީގެ ބަޔާނުގައި އެ އިސްލާހަށް ހަވާލާދީފައި ވެސް ވެ އެވެ.
"ގާނޫނުން މިފަދަ ބާރުތަކާއި މަސްއޫލިއްޔަތުތައް ސަރީހަކޮށް ކަނޑައަޅާފައިވީ ނަމަވެސް މާލެ ސިޓީ ކައުންސިލުން މި މިނިސްޓްރީގެ އެދުމަށް އެއްވެސް އިޖާބައެއް ނުދީ، މިއަދާ ހަމައަށް ވެސް އެ ބިން ހަވާލުނުކޮށް އޮތުމަކީ، އާންމު ރައްޔިތުންގެ މަންފާއާއި ލާބައަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ ކަމެއް ކަމަށް މި މިިނިސްޓްރީން ގަބޫލުކުރަމެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިތުރަށް ކިޔާލަން
'ތިންވަނަ ބަޔަކާ އެކު މާރުކޭޓު އެއްބަސްވުން ހެދީ ގާނޫނާ ހިލާފަށް'
17 ޖޫން 2026
ބިން ހަވާލުނުކުރެވެނީ 2 ބަޔަކަށް ދީފައި އޮވެގެން: ކައުންސިލް
21 މޭ 2026
މާރުކޭޓު އެޅުން ލަސްވަނީ ކައުންސިލުން ބިން ނުދީގެން: މިނިސްޓްރީ
19 މޭ 2026
މަސްމާރުކޭޓަށް 2 އެއްބަސްވުން: 'މާރުކޭޓު ނޭޅި، ބިން ގެއްލިދާނެ'
20 އޯގަސްޓު 2025
ކޮމެންޓް