އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ގދ. ފިޔޯރީ ބެހެއްޓި ވޯޓު ފޮށި ފަޅާލާފައި.
ފަޅާލި ފިޔޯރީ ފޮށީގެ ވޯޓު ބާތިލުކޮށް، ވޯޓު ނެގުން އެހެން ދުވަހަކަށް
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބަށް ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވާތީ ވޯޓު ބާތިލުކޮށް، އެ ފޮށީގެ ވޯޓުލުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30 އަށް ވޯޓުލުން ކުރިއަށް ގެންދާ މި އިންތިހާބުގައި ފިޔޯރީގައި ބަހައްޓާފައި ހުރި ފޮށި ފަޅާލީ، ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަން، ވޯޓާސް ލިސްޓުގައި ނެތުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައި ކަމަށްވެ އެވެ.
ނަމަވެސް، ފަޅާލާފައިވާ ފޮށި ބަހައްޓައިގެން އަލުން ވޯޓުލުން ކުރިއަށްގެންދިޔަ އެވެ.
ތަފްސީލް - އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު 'ދައުރު' އަށް ވިދާޅުވީ އެ ފޮށީގެ ވޯޓު ބާތިލުކުރީ، ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު، ވޯޓުލުން އިތުރަށް މިއަދު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ.
ފ. ފީއަލީގައި ވެސް މައްސަލަޖެހި، އެ ރަށުގެ ވޯޓު ފޮށި ވޯޓުލާ މަރުކަޒުން ނެރެގެން މީހަކު ވަނީ ގެންގޮސްފަ އެވެ. މި ވަގުތު އެ ރަށުގައި އޮތީ ވޯޓުލުން މެދުކަނޑާލައިފަ އެވެ.
މުއިއްޒު ވިދާޅުވީ، ފީއަލީ ވޯޓު ފޮއްޓާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު ކޮމިޓީގެ ވިސްނުން ހުރީ އެ ފޮށީގެ ވޯޓުލުން ވެސް ބާތިލުކުރާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ފ. ބިލެތްދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކާ ގުޅޭ އެފަދަ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
ވޯޓުލުން ކުރިއަށްދަނީ އިންސާފަކުން ނޫން: މީކާއިލް
3 ގަޑިއިރު ކުރިން
ފިޔޯރީ ވޯޓު ފޮށި ފަޅާލައިފި
4 ގަޑިއިރު ކުރިން
ފީއަލީގައި ވޯޓުލުން މެދުކަނޑާލައިފި
4 ގަޑިއިރު ކުރިން
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި
7 ގަޑިއިރު ކުރިން
ކޮމެންޓް