ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލި ހަމަނުޖެހުމުގެ ތެރެއިން
ފިޔޯރީ ވޯޓު ފޮށި ފަޅާލައިފި
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގދ. ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައިފި އެވެ.
ތަފްސީލް - ފިޔޯރީ ވޯޓުފޮށި ފަޅާލީ، އެ ފޮއްޓަށް ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަން، އެ ރަށުގެ ވޯޓުލާ މަރުކަޒުގައި އޮތް ލިސްޓުގައި ނެތުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގަ އެވެ.
ނަމަވެސް، ފަޅާލި ވޯޓު ފޮއްޓަށް އަލުން ވޯޓު ލާން މިހާރު ވަނީ ފަށައިފަ އެވެ.
ގުޅުންހުރި - މިއަދުގެ އިންތިހާބުގައި ފ. ފީއަލީގައި ވެސް މައްސަލަ ޖެހި، އެ ރަށުގެ ވޯޓު ފޮށި ވޯޓުލާ މަރުކަޒުން ނެރެގެން ވަނީ ގެންގޮސްފަ އެވެ. މިހާރު އެ ރަށުގައި އޮތީ ވޯޓުލުން މެދުކަނޑާލައިފަ އެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30 އަށެވެ.
ކޮމެންޓް