އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން. (ފޮޓޯ/ނައުޝަމް ވަހީދު)

ްއެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި

އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާ؛ ނަމަވެސް ވާދަވެރިކަން ބޮޑީ ކުރީގެ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލްއާ ދެމެދު
1 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30 އަށެވެ.

ތަފްސީލް - އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ:

  • ކެންޑިޑޭޓު ނަންބަރު 1، ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • ކެންޑިޑޭޓު ނަންބަރު 2، އިބްރާހީމް މުހައްމަދު (ވާޑު)

  • ކެންޑިޑޭޓު ނަންބަރު 3، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން. (ފޮޓޯ/ނައުޝަމް ވަހީދު)

ނަޝީދާއި މީކާއިލް ވަނީ ވާދަވެރި ކެމްޕޭނެއް ކުރިއަށް ގެންދަވައިފަ އެވެ. 'ބޮޑު ބަދަލު'ގެ ނަމުގައި ނަޝީދުގެ ކެމްޕޭނު ކުރިއަށްގެންދެވީ އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަވާނެ ބަދަލުތަކާއި ގެންގުޅޭނެ ސިޔާސަތުތައް ވިދާޅުވެ ދެއްވަމުންނެވެ.

މީކާއިލްގެ ކެމްޕޭނު 'އިތުބާރު'ގެ ނަމުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ޕާޓީއަށް އަލުން އަނބުރާ ހޯދައިދީ، 2028ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދިނުމުގެ ވާހަކަތަކާ އެކު އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން. (ފޮޓޯ/ނައުޝަމް ވަހީދު)

ގުޅުން ހުރި - އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑެވެ. ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ފެކްޝަނާ އެކީގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން. (ފޮޓޯ/ނައުޝަމް ވަހީދު)

މީކާއިލްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާކަން ޝާހިދު އިއުލާންކުރައްވާފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް