ނޫސްވެރިޔާ ލީވާން(ވ)އަށް ލިބުނު ޑީންސް އެވޯޑް، އެމްއެންޔޫގެ ޗާންސެލަރު ޝައުގީ(މ) އޭނާއާ ހަވާލުކޮށްދެއްވަނީ

ޖަލަށްލި ނޫސްވެރިޔާ ލީވާންއަށް އެމްއެންޔޫ ޑީންސް އެވޯޑް ލިބިއްޖެ

ލީވާންއަށް މި އެވޯޑް ލިބިފައި ވަނީ މިދިޔަ އަހަރު ނިންމި އޭނާގެ ކޯހުގެ ދެވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާއިން މަތީ މާކްސް ހޯދައިގެން

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދު އަމުރު، ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މިދިޔަ މަހު ޖަލަށްލި ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ގައުމީ ޔުނިވާސިޓީ (އެމްންޔޫ)ގެ ޑީންސް އެވޯޑް މިއަދު ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާންއަކީ އެމްއެންޔޫގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހުގެ ދަރިވަރެކެވެ. މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ޑީންސް އެވޯޑް ވަނީ ހަވާލުކޮށްފަ އެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި ލީވާންއާ މި އެވޯޑް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އެވެ. 

މިއީ ކޮންމެ ކޯހަކުން އެ ސެމިސްޓާއެއްގައި އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެެ. އެގޮތުން:

  • ލީވާންއަށް މި އެވޯޑް ލިބިފައި ވަނީ މިދިޔަ އަހަރު ނިންމި އޭނާގެ ކޯހުގެ ދެވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާއިން މަތީ މާކްސް ހޯދައިގެން

  • ލީވާންއާ އެކު އެހެން ބައެއް ދަރިވަރުންނަށް ވެސް މި އެވޯޑް މިއަދު ލިބިފައިވޭ

"ވަރަށް އުފާވެރި ކާމިޔާބެއް މިއީ. ނޫސްވެރިކަމުގައި ބުރަކޮށް އުޅެމުން ވެސް ކުރި ހިތްވަރުގެ ނަތީޖާ މިއީ،" ލިބުނު ކާމިޔާބާ ގުޅޭ ގޮތުން ލީވާން މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް