ޖަލު ބަންދުން ދޫކޮށްލުމުން ލީވާން ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ)

10 ދުވަހުގެ ޖަލު ބަންދަކަށް ފަހު ލީވާން ދޫކޮށްލައިފި

ލީވާންގެ މައްޗަށް ޖަލު ހުކުމެއް އިއްވީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް އުފެއްްދި ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ހަބަރެއް ލިޔުނު ކަމަށް ބުނެ

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލު ހުކުމެއް އިއްވި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު މިނިވަންވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދިގެން އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން އޮތީ ނެރެފަ އެވެ.

ލީވާންގެ މައްޗަށް ޖަލު ހުކުމެއް އިއްވީ، އެ އަމުރުގެ ހަބަރު ލިޔުނުއިރު، އަމުރާ ހިލާފުވި ކަމަށް ތުހުމަތުކޮށެވެ.

ތަފްސީލް - ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12ގަ އެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

އެނގުން މުހިންމު - މި އަމުރާ ހިލާފުވެގެން، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްްޒާ އެކަމާ ބެހޭ ސުވާލެއްކޮށްގެން ޝަހުޒާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. 

ފިޔާޒާއި ހަސަންގެ މައްޗަށް މި މައްސަލާގައި ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.

ކޮމެންޓް (1)

ޙަސަނު

22 މޭ 2026
ނޫސްވެރިންނަށްވެސް ބޭނުންހާގޮތަކަށް ނޫޅެވޭނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް