ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯދިގު(މ) އެމްޑީޕިގެ ދެ ރައިސުންނާއެކު (ފޮޓޯ/ އެމްޑީޕީ)

ސޯދިގު ހުވާކުރުން އަންނަ ހޯމަ ދުވަހު

ސޯދިގު އިންތިހާބުވެވަޑައިގަތުމާ އެކު، މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު 13އަށް ވަނީ އަރާފައި

ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެެގެން ގެއްލުނު އެ ގޮނޑިއަށް ބޭފުޅަކު ހޮވުމަށް ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ތަފްސީލު - މަޖިލީހުން މިރޭ ބުނި ގޮތުގައި:

  • މި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯދިގުު މަގާމުގެ ހުވާކުރެއްވުން ހޯމަ ދުވަހު އޮންނާނެ

  • މި ރަސްމިއްޔާތު އޮންނާނީ އެ ދުވަހު ހެނދުނު 8:30ގައި މަޖިލިސް ކުރާ ގޭގައި

މިއީ މި ހިނގާ 20 ވަނަ މަޖިލީހުގައި މެންބަރެއްގެ ގޮނޑި ހުސްވެގެން ބޭއްވި ފުރަތަމަ ބައި-އިލެކްޝަނެވެ.

ފާހަގަކޮށްލެވޭ - އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ވަނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފަ އެވެ.

އެ ނަތީޖާއިން ދައްކާ ގޮތުން:

  • ސޯދިގު ގޮނޑި ކާމިޔާބު ކުރެއްވީ 1،375 (%51.15) ވޯޓުން

  • ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދަށް ލިބިވަޑައިގެންނެވީ 1،313 (%48.85) ވޯޓު 

ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީ 62 އެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 4،100އެއްހާ މީހުންނަން ލިބުނުއިރު، ވޯޓުލާން ނުކުމެފައި ވަނީ 2،739 (%66) މީހުންނެވެ.

ސޯދިގު އިންތިހާބުވެވަޑައިގަތުމާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13އަށް އެރީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް