ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކި ކަމަށް ތުހުމަތުގައި ހައްޔަރުކުރި އާދަމް އަދްލާން ލަތީފް: އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައި (ފޮޓޯ/ ޕޮލިސް)

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތު ކުރެވޭ އަދްލާން ކޯޓުން ދޫކޮށްލައިފި

އޭނާގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ދެ ދައުވާއެއް ކޯޓުން ވަނީ ކޮށްފައި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 5 ވަނަ ދުވަހު މި މައްސަލައިގައި ހައްޔަރުކުރީ އާދަމް އަދްލާން  ލަތީފް،22، މުނިމާގެ/ ތ. ވިލުފުއްޓެވެ. މިދިޔަ 20 އެޕްރީލްގައި ފުލުހުން ވަނީ އޭނާގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ.

މި މައްސަލައިގައި ކުރިން އޭނާއަށް ދިން ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމުމަށް މި މަހު 5 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. 

ތަފްސީލު - އަދްލާން ދޫކޮށްލުމުގެ އަމުރު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނުވެ އެވެ. ނަމަވެސް އިތުބާރު ހުރި ދެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ދޫކޮށްލަން އަމުރުކުރި ސަބަބެއްގެ ގޮތުގައި އަމުރުގައި އޮތީ އެނގިފައިވާ ގޮތުގައި:

  • އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ޖިނާއީ ބޮޑު ތުހުމަތަކަށް ނުވުން

  • ކުޑަކުދިންގެ ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ފޮޓޯ/ވީޑިއޯ، ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން އޭނާ ގަނެ ވިއްކިކަމަށް ބާރުލިބޭ ހެއްކެއް ނެތް ކަމަށް

  • އިންޓަޕޯލް މެއިލްއެއްގައި އޭނާގެ ޑިޖިޓަލް ވޮލެޓަކީ، ފިޝިންގެ އަމަލުތަކެއް ތުހުމަތު ކުރެވޭ ކަންތައްތަކެއް ކަމަށް ފުލުހުން ބަޔާން ކުރިނަމަވެސް އޭގެ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވުން

އެ ސަބަބުތަކަށްޓަކައި ކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ޝަފީއު ނިންމެވީ ޝަރުތުތަކަކާ އެކު އަދްލާން ބަންދުން ދޫކޮށްލުމަށެވެ.

މި އަމުރު ޕީޖީ އޮފީހުން އިސްތިއުފާނާފް ނުކުރެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޕީޖީ އޮފީހުން އެންމެ ފުރަތަމަ ނިންމާފައި ވަނީ މި މައްސަލައިގައި އަދްލާންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށެވެ. ނަމަވެސް އެ ނިންމުން އަލުން ބަލައިދިނުމަށް ފުލުހުންގެ ފަރާތުން އެދުމުން، ދައުވާ ކުރަން އޮތް އެންމެ ފަހު ދުވަސް ކަމުގައިވާ މިދިޔަ އަންގާރަ ދުވަހު ވަނީ ދެ ދައުވާއަށް އަދްލާންގެ މައްޗަށްކޮށްފަ އެވެ. އޭގެ ތެރޭގައި، ކުޑަކުދިންގެ އޮރިޔާން އަތުގައި ބެހެއްޓުމުގެ ދައުވާ ހިމެނެ އެވެ.

ފުލުހުން މީގެ ކުރިން މީޑިއާއަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން

  • މި ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ

  • ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވެސް ހުރި

ކޮމެންޓް (3)

ފަރުވާ

22 މޭ 2026
މުޒައްޔިން ގެ ޒާތީ ކަމެއް އުޅޭ ވައްތަރު ހާދަ އެބަޖަހައޭ. ތިޔަ ޚަބަރު އެމީހާ ކޯޓުން ދޫކޮށްލިދުވަހު މެއިން ސްޓްރީމް މީޑިއާގައި ޖަހާފައިވޭ. މިހާރު ފުލުފުލުން ތިޔަ މައްސަލައާއި ތިޔަހިފަނީ ކީއްވެބާ. ނޫސްވެރިންނަކީ ޒާތީ ޖަޒުބާތުގައި ޖެހޭ ބަޔަކަށް ވެގެންނުވާނެ.
0 2

ހަގީ

21 މޭ 2026
ކުޑަކުދިންގެ ޕޯރން އަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ސީރިއަސް މައްސަލަ.. އަތުގަ ބެހެއްޓިޔަސް ޝެއަރކުރިޔަސް ވިއްކިޔަސް... އެކަމަކު މިރާއްޖޭގަ ގާނޫންގަ މިހަމަ ރިހާކުރުފުޅި ލެވެލް.. ކީކޭދޯ ބުނާނީ! ޅަދަރިންގެ މުޅި މުސްތަގުބަލްއަށް ނުރައްކާ އިންތިހާއަށް މިފަދަ ކުށްވެރިން
4 0

ވަނޫދު

22 މޭ 2026
@ހަގީ މުއިއްޒު ލާފަ ހުރި ތަންދޮރު ނޭނގޭ ޕީޖީ އަކަށް އެއީ އެއްވެސް ކަމެއް ނޫން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް