ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މަހުދީ.

ފުލުހުން

މަހުދީގެ މަރު ފުލުހުން ތަހުގީގު ކުރަން ފަށައިފި

ފުލުހުން ބުނީ އެ ހާދިސާ ހިނގަން ދިމާވި ގޮތް މިހާރު ބަލަމުން އަންނަ ކަމަށް

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ މުހައްމަދު މަހުދީ މަރުވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މަހުދީ މަރުވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.

ތަފްސީލް - ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް އެތަ ނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފާހަގަލޮށްލެވޭ - ސިފައިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޑައިވަރު މަރުވީ، ރާއްޖޭގައި ހުއްދަ ދީފައި އޮންނަ މިންވަރަށް ވުރެ މާ ފުނުގައި އޮތް ހޮހޮޅައަކަށް ފީނި ފަސް މީހުން ހޯދަން އުޅުމުގެ ތެރޭގަ އެވެ.

މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި އެވެ. އެކަމަކު ފިންލޭންޑުގެ ތަޖުރިބާކާރުންނާ އެކު އަލުން އެ އޮޕަރޭޝަން ފަށައި ގެއްލުނު މީހުންގެ ހަށިތައް މިހާރު ވަނީ ހޮހޮޅައިން ނަގާފަ އެވެ.

ކޮމެންޓް (3)

ސަމީނު

21 މޭ 2026
ފުލުހުން ކުރިން ބުނީ ހާލު ދެރަވެގެން ގެނެސް ފަރުވާ ދެނިކޮށް ނިޔާވި ވާހަކަ، އެކަމަކު އެހެން ބަޔަކު އެބަ ކިޔާ މަރުވެފަ އޮއްވައޭ ނެގީ ވެސް.
0 0

ޗިޅިޔާ

20 މޭ 2026
ފުލުހުންނަކަށް ތިމައްސަލަ ތަހުގީގެއް ނުކުރެވޭނެއެވެ. ތިޔައީ މިނިވަން ބަޔަކު ކުރަންޖެހޭ ތަހުގީގެކެވެ.
3 0

އަލީ ސ

20 މޭ 2026
އިޒްރޭލް މީހުން ވެސް ބުނޭ ތަހުޤީޤު ކުރަމޭ....
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް