މާލޭ މޭުޔަރު އާދަމް އާޒިމް މިއަދުގެ ކައުންސިލް ރަސްމީ އާންމު ޖަލްސާގައި(ފޮޓޯ/މާލެ ކައުންސިލް)
މާލޭގެ ސަހަރާތައް ފުރޭތީ އިތުރު ޖާގައަށް އެދުމުން، ސަރުކާރުން ޖަވާބެއް ނުދޭ: އާޒިމް
މާލޭގައި މިހާރު މީހުން ވަޅުލަން ބޭނުންކުރާ ދެ ސަހަރާގައި ހުރި ޖާގަތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގައި އެދުމުން މިހާތަނަށް ޖަވާބެއްދީފައިނުވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާޒިމް މިހެން ވިދާޅުވީ، އާ ދައުރުގެ ކައުންސިލް ހުވާކުރުމަށްފަހު، މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގަ އެވެ. ރައްޔިތުންނަށް ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ހައްލުތައް ހޯދަން، ނިމިދިޔަ ދައުރު ފެށުމާއެކު ރައީސް މުހައްމަދު މުއިއްޒަށް ހިއްސާކުރައްވައި ސިޓީ ވެސް ފޮނުވާފައިވާ، އެކަމަކު ވަކި ޖަވާބެެއް އަދި ކުރިއެރުމެއް ނުލިބިފައިވާ ކަންކަން އާޒިމް މިއަދުގެ ޖަލްސާަގައި ހިއްސާކުރެއްވި އެވެ.
ތަފްސީލް - އޭގެތެރެއިން އެއްކަަމަކަށް ވިދާޅުވީ، މާލޭގައި މީހުން ވަޅުލުމަށް ބޭނުންވާ ޖާގައިގެ މައްސަލަ އެވެ. އާޒިމް ވިދާޅުވީ:
-
މިވަގުތު މާލޭގައި މީހުން ވަޅުލުމަށް ބޭނުންކުރެވޭ ހާލަތެއްގައި ވަނީ މައްޗަންގޯޅި ސަހަރާ އަދި ހުޅުމާލެ ސަހަރާ
-
މި ތަންތަނުގައި ވެސް މީހުން ވަޅުލާންހުރި ޖާގަތައް ވަނީ ވަރަށް ބޮޑަށް މަދުވެ، ފުރެން ކައިރިވެފައި
-
ކުރިއަށް އޮތް ދެ އަަހަރު ދުވަސްތެރޭ މިތަންތަން ފުރޭނެ ކަމަށް ލަފާކުރެވޭ
-
އެހެންވެ، އަޅުގަނޑުމެން ވާނީ މިކަމަށް ހައްލު ހޯދުމަށް ރައީސް މުހައްމަދު މުއިއްޒަށް، ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ވެސް އަދި އިސްލާމިކް މިނިސްޓްރީއަށް ވެސް ފޮނުވިފައި؛ އެކަމަކު މިހާތަނަށްް ޖަވާބެއް ލިބިފައެއް ނުވޭ
-
އެދިފައިވާނީ ހުޅުމާލެ ފޭސް ދޭއް އަދި ގިރާވަރުފަޅުން ހިއްކާފައި އޮތް ބިމުން ސަހަރާގެ ގޮތުގައި، 150،000 ޖާގަ އިތުރުކުރަން
"އެކަމަކު މީގެ އެއްވެސް އެއްޗަކަށް ޖަވާބުދީފައެއް ނުވޭ. މިއީ ހަމަ މާލެ ރައްޔިތުންނަށް ހައްލު ގެެނެސްދޭންޖެހޭ މުހިންމު ބޮޑެތި މައްސަލަތައް،" އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ނިމިދިޔަ ދައުރުގައި ހިއްސާކުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހިމެނޭހެން އެއްވެސް މައްސަލައަކަށް ސަރުކާރުން މިހާތަނަށް ޖަވާބުދީފައިނުވާކަން އާޒިމް ފާހަގަކުރެއްވި އެވެ. މި ދައުރުގައި އެކަމަށް އިތުރު މަސައްކަތްތައް ކޮށް، އެކަންކަމަށް ހައްލު ހޯދަން އެއްބާރުލުން ދެއްވުމަށް ކައުންސިލް މެމްބަރުންގެ ކިބައިން އާޒިމް މިއަދު އެދިވަޑައިގަތެވެ. މިވަގުތު އޮތީ އެމްޑީޕީގެ މެޖޯރަޓީ އޮތް ކައުންސިލެކެވެ.
ކޮމެންޓް (1)
ޙަސީ