މަރާމާތު ކުރުމަށް އާސަހަރާ ތަޅާލާފައި (ފޮޓޯ/މާލޭ ސިޓީ ކައުންސިިލް)

އާސަހަރާގެ މަރާމާތަށް 3 މިލިއަން ހަރަދުކުރުމަށް ފަހު އެއްބަސްވުން ބާތިލުކޮށް، އަލުން ބިޑަށް ހުޅުވާލައިފި

މި މަސައްކަތް ހަވާލުކުރީ 4.9 މިލިއަނަށް؛ އެޑްވާންސްގެ ގޮތުގައި ޕީއެންޕީ ކުންފުންޏަށް ދިން %15ގެ އިތުރުން ވެސް 2.6 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

މާލޭ އާސަހަރާގެ މަރާމާތަށް ދިން މުއްދަތު ފަހަނައަޅައި އިތުރު މުއްދަތުތަކެއް ދީގެން ވެސް މަސައްކަތް ކުރިއަށް ނުދާތީ، 4.9 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާ އެ މަޝްރޫއުއަށް 3.6 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ފަހު، އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ބައެއް ހޯދަން އަލުން ބިޑަށް ހުޅުވާލައިފި އެވެ.

ވީ ކިިހިނެއް؟ - އާސަހަރާގެ ޖާގަ ކުޑަވުމުގެ ޝަކުވާ ލިބެމުންދާތީ، އެ ތަނުގެ މިސްކިތާއި ސަހަރާގެ ޖާގަ އިތުރުކުރުމަށް ނިންމައި މާލޭ ސިޓީ ކައުންސިލުން ދައްކާ ކުރެހުމަކާ އެއްގޮތަށް އާސަހަރާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފުރަތަމަ ބީލަމަށް ހުޅުވާލީ މިދިޔަ 14 މޭގަ އެވެ. 

މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް، އެ މަސައްކަތް ޕީއެންޕީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ޖުމްލަ 4.9 މިލިއަން ރުފިޔާ އަށެެވެ. 

  • ނަމަވެސް، މިދިޔަ މަހުގެ 25ގައި އަލުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ވަނީ ހުޅުވާލާފައި 

  • އެ އިއުލާނުގައިވާ ގޮތުން، އަލުން ބީލަމަށް ހުޅުވާލާފައިވަނީ، މީގެ ކުރިން ބިޑް ކާމިޔާބުކުރި ފަރާތުން އެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ، މިހާރު ނުކުރެވި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތަފްސީލް - އާސަހަރާ މަރާމާތުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ކޮށްފައިވާ ހަރަދާއި މަސައްކަތް ނުނިމި ހުރި ކަންކަން ކުރަން އިތުރު އިއުލާނެއް ކުރަން ޖެހުނު ސަބަބު ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމަށް މެމްބަރުންތަކެއް ވަނީ މައްސަލައެއް ހުށަަހަޅުއްވައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މަރާމާތު ކުރުމަށް އާސަހަރާ ތަޅާލާފައި (ފޮޓޯ/މާލޭ ސިޓީ ކައުންސިިލް)

އެ ތަފްސީލުތައް ހޯދުމަށް، އެ މަޝްރޫއުގެ ކަންކަން ދާ ގޮތް ބެލުމަށް ކައުންސިލުގެ ފަރާތުން ހަވާލުކޮށްފައިވާ އެ ކައުންސިލްގެ ސިވިލް އިންޖިނިއަރު މުހައްމަދު ދިލްޝާން އަބްދުﷲ އެ ބައްދަލުވުމަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. 

އެ މައްސަލަ ހުށަހެޅި މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި:

  • އެއީ މާލޭ ސިޓީ ކައުންސިލުން ރާވައިގެން، ވަކި މުއްދަތެއްގައި ވަކި މަސައްކަތްތަކެއް ކޮށް ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެއް 

  • މިހާތަނަށް ނިމިފައި އޮތީ މަސައްކަތުގެ ބައިކުޅަ ބައި؛ ހަތަރު ވަރަކަށް ތަނބު ޖެހުމަށް ފަހު، ހިޔާ ވެސް ނުކޮށް އަދި ތަޅުން ވެސް ނާޅައި އެ މަސައްކަތް އޮތީ ހުއްޓާލާފައި

  • އެ މަސައްކަތަށް ބަޖެޓުން މިހާރު ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައި ވާއިރު، އެ މަސައްކަތް ފުރިހަމަނުކޮށް، އެއްބަސްވުން ބާތިލުކޮށް، އަލުން ބިޑަށް ހުޅުވާލައިގެން އެހެން ބަޔަކާ ހަވާލުކުރުމަކީ އިތުރު ގިނަ ހަރަދުތަކެއް ހިނގާނެ ކަމެއް ކަމުގެ ކަންބޮޑުވުން އެބައޮތް

ދިލްޝާން އެ ބައްދަލުވުމުގައި ވިދާޅުވީ، މަސައްކަތް ކުރިއަށް ނުދާތީި، އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.

އެ މަޝްރޫއުއަށް މިހާތަަނަށް ކޮށްފައިވާ ހަރަދާ ބެހޭ ގޮތުން އޭނާ ވިދާޅުވީ:

  • އެއްބަސްވުން ބާތިލުކުރިއިރު، އެ މަޝްރޫއަށް 3.6 މިލިއަން ރުފިޔާ ހަރަދުވެފައިވޭ

  • އެޑްވާންސްގެ ގޮތުގައި ޕީއެންޕީ ކުންފުންޏަށް ދިން %15ގެ އިތުރުން ވެސް 2.6 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

  • އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ތަން ތަޅާލުމަށާއި ރޫޅާލުމަށް

  • އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ ފަރާތުން އިތުރު ބިލުތަކެއް ހުށަހަޅަން މަސައްކަތް ކުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ އިތުރަށް ފައިސާ ދޫނުކޮށް، އެއްބަސްވުން

އެ މަސައްކަތަކީ މަސްދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެއް ނަމަވެސް، އެއްބަސްވުން ބާތިލުކުރިއިރު ނިމިފައި ވަނީ މަސައްކަތުގެ %45 ކަމަށް ދިލްޝާން ވިދާޅުވި އެވެ. މަސައްކަތް ކުރިއަށް ނުގޮސް ލަސްވި އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތަށް ސިޓީ ކައުންސިލުން ފުރަތަމަ ތިން ކުރެހުން ފަހުން މުޅިން ބަދަލުކުރަން ޖެހުމުންނެވެ.

އޭނާ ވިދާޅުވީ:

  • ސިޓީ ކައުންސިލުން ފުރަތަމަ ދިން ކުރެހުމުގައި އޮތީ މުޅި ތަނުގައި ދަގަނޑު ހޮޅި ޖަހައިގެން ހަދަން 

  • އެ ކުރެހުމާ މެދު ހިތްހަމަނުޖެހޭތީ، ފަހުން ކޮންކްރީޓު ސްޓަރްކްޗާއަކަށް ބަދަލުކޮށްފައިވޭ 

  • މުޅި ޑިޒައިން އަލުން ބަދަލުކުރަން ޖެހުމަކީ ވެސް އިތުރު ހަރަދުތަކެއް ހިނގި ކަމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް