ހުޅުމާލެ ސަހަރާގެ ބިމު އަޑީން ފެން ނުހިންދި ހަރުލާފައި (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ބިމު އަޑިން ފެން ހިންދަން ދަތިވުމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެޑުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ސަަހަރާގައި މީހުން ވަޅުލުން މެދުކަނޑައިލި ކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގަ އެވެ.
ތަފްސީލް - ސިޓީ ކަައުންސިލުން ބުނި ގޮތުގައި:
-
ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައިވޭ؛ އެހެންވެ ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ވަނީ ދަތިވެފައި
-
މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާ ސަހަރާ މިސްކިތުގައި
މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރިމުގެ ސަބަބުން،
މާލެ ސަރަހައްދަށް ވިއްސާރަކޮށް މޫސުން އޮތް ދުވަސްވަރަކަށް ވުމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން ފަށާނީ މޫސުން އަލިވުމުން ކަމަށް ބެލެވެ އެވެ.
ކޮމެންޓް (3)
ޏަންނު
ދަންނަވާލީ
ރޯނު އެދުރުުޕްރޯ