ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް (ކ) އާއި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް.

ޔޫއޭއީ ސަފީރަކަށް ތޯރިގު، ގަތަރަށް އާދަމް ޝަރީފް އައްޔަންކުރަނީ

ރައީސް އަންގަވައިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ތޯރިގާއި އާދަމް ޝަރީފް މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި، އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި

ޔޫއޭއީގެ ސަފީރަކަށް މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ތޯރިގާއި އާދަމް ޝަރީފް، ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީ އިއްވުމަށްފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެނގުން މުހިންމު - މިދިޔަ މަހުގެ ތެރޭގައި ރައީސް މުއިއްޒު އަންގަވައިގެން އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރޭގައި ތޯރިގާއި އާދަމް ޝަރީފް ވެސް ހިމެނެ އެވެ.

އެއްފަހަރާ ގިނަ މިނިސްޓަރުންތަކަކަށް އިސްތިއުފާ ދެއްވަން ރައީސް އެންގެވީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ވިދިގެންނެވެ.

މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ތޯރިގާއި އާދަމް ޝަރީފް މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

ކޮމެންޓް (3)

ތެފައާސާ.

14 މޭ 2026
ޚަރަދު ކުޑަކޮށް ސަރުކާރުގެ ސައިޒު ކުޑަކުރުން މެކުހަށް. ސާބަހޭ ރައީސް!!
1 1

ކޮސް

14 މޭ 2026
މިހުންނަނީ މުއިއްޒުގެ ނާގާބިލު ސިފަތައް ހުންނަވަރު. ކެބިނެޓުން ވަޒީރުން ވަކިކުރީ މުއިއްޒުގެ ނާގާބިލުކަމުން. އަނެއްކާ ވަކިކުރިމީހުންނަށް ސަފީރުކަން މިދިނީ. މިނިސްޓަރަކަަށްވުރެ ސަފީރުކަން މާރަނގަޅު. ޕްރޮމޯޝަނެއް މިލިބުނީ.
3 1

ހަތްތަރި

14 މޭ 2026
ދައުލަތުގެ ވުޒާރާއެއް ނުހިންގުނު ދެން ޚާރިޖީ ގޮތުން ކުރެވޭނެ ކަމެއް ނެރެވޭނެ ނަތީޖާއެއް ނޮއޮންނާނެ. ވާނެހާވެސް ކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަރާމުގައި އުޅެލެވޭނެ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް