އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުން؛ އާދަމް ޝަރީފް (ކ)، ދިޔާނާ ސައީދު (މ)، ތޯރިގު އިބްރާހީމް (ވ)
އާދަމް، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި
މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި އިންނެވި އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ.
އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވީ އެކި ދުވަސް މަތީންނެވެ.
ތަފްސީލް - މި ތިން ބޭފުޅުންނަށް ވެސް ފޮރިން މިނިސްޓްރީގެ އެ މަގާމަށް އައްޔަންކޮށްފައިވާ ކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
މި މަގާމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ތޯރިގު އިބްރާހީމް ހުންނެވީ ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސަރުކާރުގެ 10 މިނިސްޓަރުން މިދިޔަ 14 އޭޕްރީލްގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވަ އެވެ.
މިިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލުތަކެއް، 10 މިިނިސްޓަރަކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ މިދިޔަ 4 އޭޕްރީލްގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ.
މީގެ އިތުރުން ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިނުގައި ދިޔާނާ ވަނީ ސަރުކާރު ހުށަހެޅި ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވައި، ކެމްޕެއިން ކޮށްދެއްވައިފަ އެވެ.
ކޮމެންޓް (8)
އެނަލިސްޓް
2222
ބަކުރު2026
ރަމީޒް ޚަލީލު
ތެފައާސާ.
ލާޖް
ކުއްޅަވައް
އެނީ