އާދަމް ޝަރީފް. (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
މިނިސްޓަރު އާދަމް ޝަރީފް އިސްތިއުފާ ދެއްވައިފި
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.
ތަފްސީލު - އާދަމް ޝަރީފްގެ އިސްތިއުފާއާ އެކު މިހާތަނަށް ހަ ވަޒީރަކު އިސްތިއުފާ ދެއްވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
އާދަމް ޝަރީފް ކެބިނެޓްގެ ވަޒީރަކަށް ވަޑައިގެންނެވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުން، ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒު ހޯއްދެވީ އާދަމް ޝަރީފްއާ ވާދަ ކުރައްވައިގެންނެވެ. އާދަމް ޝަރީފަކީ ޕީއެންސީގެ ނައިބު ލީޑަރެކެވެ.
މިހާތަނަށް އިސްތިއުފާ ދެއްވި އެހެން ވަޒީރުންނަކީ:
-
1-
ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލު
-
2-
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
3-
ޝޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް
-
4-
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް
-
5-
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ފާހަގަކޮށްލެވޭ - އިންތިހާބު ނިމުމާ އެކު މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ބައެއް ކުންފުނިތަކުގެ ވެރިން ވެސް މަގާމުން ވަކިކޮށްފައިވެ އެވެ. އަދި ބައެއް ވެރިން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވެ އެވެ.