މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް (ފޮޓޯ/ މަޖިލިސް)

ޕީއެންސީ

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ ޕީޖީން ނިންމައިފި

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބޭނުންވާ ސޮއި ވެސް މިއަދު އޮތް ޕީޖީގެ ބައްދަލުވުމުގައި ވަނީ ހަމަކޮށްފައި

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން ދެންމެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު މެދު ތެރޭ ވެސް ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ޕީއެންސީގެ ބައެއް އިސް މެންބަރުންގެ ތެރޭގައި މަޝްވަރާތަކެއް ހިނގި އެވެ. އެ ހަބަރު ރިޕޯޓު ކުރުމުން، އޭރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ނަމަވެސް މިއަދު 11:15ގައި ފެށި ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވެ އެވެ.

ތަފްސީލު - ޕީއެންސީގެ ޕީޖީގެ އެ ބައްދަލުވުމުގައި އެ ނިންމުން ނިންމިކަން އެ ގްރޫޕުގެ ބައެއް މެންބަރުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އެ މަނިކުފާނު އޭނާ ބޭރުކޮށްލެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި، ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނާ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ. 

ކޮމެންޓް (2)

ސިކުނޑި

13 މޭ 2026
އެހެންވީމާ ރައީސް މުއީޒަށް އިޚުލާސްތެރި އެކަކުވެސް ނެތެއްނު؟! އެކުން ބޮޑަށް ބެލެވެނީ ރައީސްގެއެހެން އިޚްލާސްތެރިކަމެއް ނެތީ!
2 0

ތެފައާސާ.

13 މޭ 2026
ދެއްކުން މަނާ ވާހަކައާއި މި މަނިކުފާނާއި ގުޅުމެއްވާކަމުގެ ވާހަކައެއް އަޑުއިވުނު، އެކަމަކު މަނާ ވާހަކައެއް ވީމާ އެވާހަކަ ނުދައްކާނަން.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް