މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް (މިހާރު ފައިލް ފޮޓޯ/ ނިޝާން އަލީ)
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ ތެރެއިން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީ ތެރެއިން ފަށާފައިވާކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ނާޒިމް މަގާމުން ވަކިކުރުމަށްޓަކައި ބޭނުންވާ ސޮއި ހޯދައި، އެކަމަށް ލޮބީ ކުރުމުގެ މަސައްކަތްތަކެއް ޕީއެންސީ ތެރެއިން ފެށިކަން އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ 'ދައުރު' ކަށަވަރުކޮށްފީފަ އެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުން ޕީއެންސީ ތެރެއިން މި މަސައްކަތް ފެށި ނަމަވެސް މުޅި ޕާލިމަންޓްރީ ގްރޫޕަކަށް މިކަން އަދި ނާންގަ އެވެ. އަދި ކުރިއަށް ދަނީ ވަރަށް ސިއްރިއްޔާތުގަ އެވެ.
"ބައެއް މެންބަރުން ހިތްހަމަނުޖެހޭ ނާޒިމް މަޖިލިސް ތެރެއިން ކަންކަން ކުރައްވާ ގޮތުން. ބަައެއް މެންބަރުން ދެކޭ ގޮތުގައި ނާޒިމް މަސައްކަތް ކުރައްވަނީ، ސަރުކާރަށް ގެއްލުންވާ ގޮތަަށް،" މިކަމުގެ މައުލުމާތު އެނގޭ ޕީއެންސީ ޕީޖީގެ އިސް ބޭފުޅަކު، ނާޒިމް ވަކިކުރަން އުޅޭ ސަބަބާ ގުޅޭ ގޮތުން ވިދާޅުވި އެވެ.
"ސަރުކާރާ މެދު ހިތްހަމަނުޖެހުން ހުންނާނެ ބައެއް ކަންކަމުގައި. އެހެން ނަމަވެސް، ނާޒިމް ބައެއް ފަހަރު މަސައްކަތް ކުރައްވަނީ، ފާޅުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް."
ނާޒމް ވަކިކުރުމުގެ މަސައްކަތްތަކެއް ޕީއެންސީ ތެރެއިން ފަށާފައިވާއިރު، އިއްޔެ ވަގުތެއްގައި ބާރުގަދަ ދެ ކޮމިޓީއަކުން އޭނާ ވަކިކޮށްފައިވެ އެވެ.
މި މަހު 4 ވަނަ ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ސަރުކާރަށާއި ޕީއެންސީއަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
ނާޒިމް ދެ ކޮމިޓީއަކުން ވަކިކޮށް އަދި މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޕީއެންސީތެރެއިން ފަށާފައިވާއިރު، އޭނާ މެންބަރުކަން ކުރައްވާ ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ގިނަ ރަށްތަކުން ޕީއެންސީ ވަނީ ބަލިފަ އެވެ.
ކޮމެންޓް (2)
ނުވިސްނޭ
ވިސްނާ ހަސަނު