މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ފޮޓޯ/މަޖިލިސް)

މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ ދާއިރާގެ ގިނަ ރަށްރަށުން ސަރުކާރު ފަހަތުގައި

ދިއްގަރު ދާއިރާގެ މައި ރަށް ދިއްގަރުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު އިރު ވޭވަށާއި މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ލިބެނީ އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ގިނަ ރަށްރަށުން ވެރިކަންކުރާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭކަން ވަގުތީ ނާތީޖާއިން ދައްކަ އެވެ.

ވީކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެ ދާއިރާގެ މައި ރަށް ދިއްގަރުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށް، ދެން ހުރި ރަށްރަށުން ގިނަ ގޮނޑިތަކެއް އެ ޕާޓީން ވަނީ ހޯދައި، ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ތަފްސީލް - މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން:

  • ދިއްގަރުގެ ތިން ގޮނޑި އެމްޑީޕީއަށް

  • މަޑުއްވަރީގެ ކައުންސިލް ރައީސްގެ ގޮނޑި ހިމެނޭ ގޮތަށް ދެ ގޮނޑި އެމްޑީޕީއަށް؛ ޕީއެންސީއަށް އެންމެ ގޮނޑިއެއް

  • ރަތްމަންދޫގެ ތިން ގޮނޑި ޕީއެންސީއަށް

  • ވޭވަށުގެ ކައުންސިލް ރައީސްގެ ގޮނޑި ހިމެނޭ ގޮތަށް ދެ ގޮނޑި އެމްޑީޕީއަށް؛ ޕީއެންސީއަށް އަދި އެންމެ ގޮނޑިއެއް (އެމްޑީޕީން ކުރި ހޯދާ ކައުންސިލް ގޮނޑީގެ ނަތީޖާއެއް ކައިރިވުމުން ނަތީޖާ އަދި ބަދަލުވެދާނެ)

  • މުލީގެ ތިން ގޮނޑި ޕީއެންސީއަށް

ފަސް ރަށުގެ ތެރެއިން ތިން ރަށެއްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ ކަމަށް މިހާތަނަށް ހުރި ނަތީޖާތަކުން ދައްކަ އެވެ.

ދިއްގަރު

މި ދާއިރާގައި ހިމެނޭ އެންމެ އާބާދީގެ ބޮޑު މައި ރަށް، ދިއްގަރުގެ ތިން ގޮނޑި ވެސް ކާމިޔާބުކުރަނީ އިދިކޮޅު އެމްޑީީޕީންނެވެ.

ދިއްގަރު ކައުންސިލްގެ ރައީސްގެ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    އަހުމަދު ނިޝާން (އެމްޑީޕީ) - 552 ވޯޓު، %61

  • 2-

    ވަސީމް ހުސައިން (ޕީއެންސީ) - 355 ވޯޓު، %39

ދިއްގަރުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    އައިޝަތު ހަނާ (ޕީއެންސީ) - 397 ވޯޓު، %44

  • 2-

    އައިޝަތު ރީމާ (އެމްޑީޕީ) - 501 ވޯޓު، %56

ދެން އިން ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    އާދަމް ހަލީލް (ޕީއެންސީ) - 388 ވޯޓު، %43

  • 2-

    އަބްދުﷲ އާރިފް (އެމްޑީޕީ) - 511 ވޯޓު، %57

މަޑުއްވަރީ

މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރަނީ އެމްޑީޕީންނެވެ. އެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    މުހައްމަދު ޝިހާމް (ޕީއެންސީ) - 198 ވޯޓު، %47

  • 2-

    އިބްރާހީމް އަސްލަމް އަލީ (އެމްޑީޕީ) - 222 ވޯޓު، %53

މަޑުއްވަރީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ކާމިޔާބުކުރަނީ ޕީއެންސީންނެވެ. އެ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    ހައްވާ އިލްހާމާ (އެމްޑީޕީ) - 174 ވޯޓު، %44

  • 2-

    މުޝީރާ އާދަމްފުޅު (ޕީއެންސީ) - 220 ވޯޓު، %56

މަޑުއްވަރީގެ ދެން އިން ގޮނޑީގެ ނަތީޖާގައި މިހާތަނަށް ކުރި ހޯދަނީ އެމްޑީޕީންނެވެ. މިހާތަނަށް އެ ނަތީޖާ ދައްކަނީ:

  • 1-

    ހަލީމް އަލީ (އެމްޑީޕީ) - 145 ވޯޓު، %36

  • 2-

    ހަސަން މަހާސިން (ޕީއެންސީ) - 139 ވޯޓު، %35

  • 3-

    މުހައްމަދު ޝައުކަތު (އަމިއްލަ) - 116 ވޯޓު، %29

ރަތްމަންދޫ

މި ދާއިރާގައި ހިމެނޭ އެންމެ އާބާދީގެ ކުޑަ ރަތްމަންދޫގެ ތިން ގޮނޑި ވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރެ އެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސް ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    އިސްމާއީލް ނާހިދު (އެމްޑީޕީ) - 53 ވޯޓު، %34

  • 2-

    މުހައްމަދު މިހާދު (ޕީއެންސީ) - 104 ވޯޓު، %66

ރަތްމަންދޫގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    ފާތިމަތު ނަސްރާ (ޕީއެންސީ) - 101 ވޯޓު، %67

  • 2-

    ފާތިމަތު ޒަހީރާ (އަމިއްލަ) - 51 ވޯޓު، %33

ރަތްމަންދޫގެ ބާކީ އިން ގޮނޑިއަށް ކުރިމަތިލަނީ ވެސް ޕީއެންސީން އެކަންޏެވެ.

ވޭވަށް

ވޭވަށުގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރަނީ އެމްޑީޕީން ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. މިހާތަނަށް ނަތީޖާ ދައްކަނީ:

  • 1-

    މަމްދޫހު ވަހީދު (އެމްޑީޕީ) - 131 ވޯޓު، %54

  • 2-

    ޝަޒީމް ހަސަން (ޕީއެންސީ) - 112 ވޯޓު، %46

ވޭވަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގައި ކުރި ހޯދަނީ ޕީއެންސީންނެވެ. މިހާތަނަށް އެ ގޮނޑީގެ ނަތީޖާ ދައްކަނީ:

  • 1-

    ޝަރޫނާ މުހައްމަދު (އެމްޑީޕީ) - 108 ވޯޓު، %45

  • 2-

    ފާތިމަތު ސުއާދާ (ޕީއެންސީ) - 134 ވޯޓު، %55

ވޭވަށު ކައުންސިލްގެ ދެން އިން ގޮނޑި ވަރަށް ވާދަވެރި އެވެ. މިހާތަނަށް ލިބުނު ނަތީޖާއިން އެމްޑީޕީ ކުރި ހޯދި ނަމަވެސް މިއީ އަދި ބަދަލުވުމުގެ ފުރުސަތު ބޮޑު ނަތީޖާއެކެވެ. މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާ ގޮތުގައި:

  • 1-

    މުހައްމަދު ނަޒީހު (ޕީއެންސީ) - 120 ވޯޓު

  • 2-

    އަހުޝަން ނައީމް (އެމްޑީޕީ) - 122 ވޯޓު

މުލި

މުލީގެ ނަތީޖާތައް ދައްކާ ގޮތުން ތިން ގޮނޑި ވެސް ނާޒިމް ނިސްބަތްވާ ޕީއެންސީއަށް ލިބެ އެވެ.

ކައުންސިލްގެ ރައީސްގެ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    މުއާވިޔަތު ޝަކީބް (ޕީއެންސީ) - 196 ވޯޓު، %35

  • 2-

    އަހުމަދު ރައޫފް (އަމިއްލަ) - 145 ވޯޓު، %26

  • 3-

    އަހުމަދު ނާފިޒް (އެމްޑީޕީ) - 124 ވޯޓު، %22

  • 4-

    އަހުމަދު ޝާތިރު (އަމިއްލަ) - 97 ވޯޓު، %17

ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    މަރިޔަމް ނިޝާނާ (ޕީއެންސީ) - 229 ވޯޓު، %44

  • 2-

    ފާތިމަތު ނަޝާޔާ (އަމިއްލަ) - 194 ވޯޓު، %37

  • 3-

    އަސްމާ ހުސައިންފުޅު (އަމިއްލަ) - 98 ވޯޓު، %19

ކައުންސިލްގެ ބާކީ ގޮނޑީގެ ނަތީޖާ މިހާތަނަށް ދައްކަނީ:

  • 1-

    އާދަމް ނައީމް (ޕީއެންސީ) - 190 ވޯޓު، %37

  • 2-

    ހަސަން ސޮބާހް (އަމިއްލަ) - 137 ވޯޓު، %26

  • 3-

    އަހުމަދު ރަމީޒު (އަމިއްލަ) - 84 ވޯޓު، %16

  • 4-

    އަހުމަދު ސާކިފް (އަމިއްލަ)- 65 ވޯޓު، %13

  • 5-

    އިބްރާހީމް ޒަކީ (އަމިއްލަ)- 41 ވޯޓު، %8

ކޮމެންޓް (2)

ޖޯކަރު

6 އޭޕްރީލު 2026
މުލީ މީހުންނަކީ ވ.މޮޔަބައެއް.
0 0

މުޙައްމަދު

21 އޭޕްރީލު 2026
@ޖޯކަރު ކަލެޔަށް ޖޯކަރު ކިޔާފަ، މުލީ މީހުންނަކީ މޮޔައިން ކަމުގަ ކަލޭ ދެކުމަކީ އޭގެ ޒާތުގަ މައްސަލައެއް ނޫން. އާންމު ގޮތެއްގަ ޖޯކަރުން އަބަދުވެސް ޖަހާނީ ޖޯކު. އެއީ މީހުންގެ ސަމާލުކަން ހޯދަން ދޮގުފަތުރާ ބައެއް. ވ ވެދުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް