ރައީސް މުހައްމަދު މުއިއްޒު ޕީއެންސީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް މުލިއާގޭގެ ބޭރުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް، މެމްބަރުންނަށް އިރުޝާދު ދެއްވާ ގްރޫޕުން ނާޒިމް ބޭރުކޮށްފި

އެ ގްރޫޕުގެ އެޑްމިންއަކަށް ހުންނަވަނީ ހަމައެކަނި ރައީސް މުއިއްޒުކަމަށް މައުލޫމާތު ލިބޭ

ރައީސް މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އިރުޝާދު ދެއްވަން ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕަކުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ބޭރުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ގްރޫޕުން ރައީސް މުއިއްޒު، ނާޒިމް ބޭރުކުރެއްވިކަން އެކަކަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ތަފްސީލު - މިކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން 'ދައުރު'އަށް ބުނީ އެ ގްރޫޕުގައި ހުންނަނީ އެންމެ އެޑްމިނިސްޓްރޭޓާއެއް ކަމަށާއި އެއީ ރައީސް މުއިއްޒު ކަމަށެވެ.

ނަމަވެސް އެ ގްރޫޕުން ނާޒިމް ބޭރުކުރެއްވީ ކޮން ސަބަބަކާ ހުރެކަން އެއްވެސް ބޭފުޅަކު ވިދާޅެއްނުވެ އެވެ.

އެނގުން މުހިންމު - މަޖިލީހުގެ މި ދައުރަށް އިންތިހާބުވި ޕީއެންސީގެ މެމްބަރުންނަށް ސަރުކާރުގެ ފަރާތުން އަންގާ އެއްޗެއް އަންގަވާނީ ސީދާ ރައީސް މުއިއްޒު ކަމަށް، މަޖިލިސް އިންތިހާބު ނިމުނު ދުވަސްވަރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ބައެއް ކޮމިޓީތަކުން ވެސް މިފަހުން ވަކިކޮށްފަ އެވެ.

އޭގެ އިތުރުން، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ނާޒިމްގެ ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ގިނަ ރަށްރަށުން ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް މަގާމުން ވަކިކުރުމަށްޓަކައި ބޭނުންވާ ސޮއި ހޯދައި އެކަމަށް ލޮބީ ކުރުމުގެ މަސައްކަތްތަކެއް މިދިޔަ މަހު ޕީއެންސީ ތެރެއިން ފެށިކަން އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ކޮމެންޓް (3)

ތެފައާސާ.

13 މޭ 2026
މާ އަވަހަށް ރުޅި އާދެވުމާއި، ރުންކުރުވުމާއި، އާދެވޭ ރުޅީގެ މަތީގައި ކަންކަން ނިންމުމާއި މިކަހަލަ މިކަހަލަ ކަންކަން އަހަރެމެން ދިވެހީންގެ ތެރޭގައި އިންތިހާއަށް ގިނަވުމުގެ ސަބަބަކަށް އަންހެލްތީ ލައިފްސްޓައިލް ވުން ވަރަށް ގާތް. ރަނގަޅު ދިރާސާއެއް ކުރަންޖެހޭ ކަމެއް. މި ޚަބަރާއި ގުޅުމެއް ނެތަސް ހަމަ މި ކޮމެންޓު ކޮށްލާހިތްވީ!!
1 0

ސިކުނޑި

13 މޭ 2026
@ތެފައާސާ. ރަނގަޅު ވާހަކައެއް! ސިއްހަތަށް ގެއްލުންދެނިވިފަދަ ދިރިއުޅުމުގެ އަލާމާތެއް އެއްވެސް ސަބަބަކާހެދި ހަމަ ނިދި ނުލިބުން! ރައީސް މެންދަމުވެސް ހޭލާ އުޅުއްވާ އަދި ފަތިސްނަމާދަށް ހޭފުޅުލައްވާ! ގައުމުތަކުގެ ވެރިން ނިދާނެ ބޭސް ކައިގެންވެސް ބޭކާރުގޮތުގައި ހޭލާ ނޫޅޭނެވަރަށް! އަހަރުމެން ދެކުނިން މައުމޫނު އާއި ނަޝީދުގެ ރޫޓިން! ޑިގު ކުޅުމާއި ބިޓު ހިއްލުމަކީ ވެރިން ކުރާ ކަހަލަ ކަންކަމެއްނޫން!
0 0

ސިކުނޑި

13 މޭ 2026
@ތެފައާސާ. އަދި ދަންނަވާލަން! އެއަށް ބައެއްމީހުން ކިޔައި އުޅޭ ޑިޕްރެޝަންގެ އަލާމާތެކޭވެސް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް