މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި (ފޮޓޯ/ މަޖިލިސް)

ނާޒިމްގެ މައްސަލައެއްް ނުބަލަން: އިހުސާން

ސަރުކާރުގެ ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު ވަނީ ވަކިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ހޯމްލޭންޑް ސިކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.

އެއާ އެކު، އޭނާގެ މަައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށް ވެސް އަޑުތައް ފެތުރުނެެވެ.

ބުނީ ކީކޭ؟ - ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި އެފަދަ އެއްވެސް ތަހުގީގެއް ހިންގަމުންނުދާ ކަމަށެވެ.

"ތިޔަ މައުލޫމާތު ދެއްވާ ފަރާތް ބަދަލުކުރަން ޖެހޭ. ރަނގަޅު މައުލޫމާތެއް ނޫން  އެދެނީ އިނގޭތޯ. ރަނގަޅު މައުލޫމާތުދޭ ފަރާތްތައް ހޯދަންޖެހޭ. އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން،" އިހުސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް