އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު.

ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ދިއްދޫ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި މުހައްމަދު ވަހީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.

ބުނީ ކީކޭ؟ - ނަޝީދު އެކަން އިއުލާންކުރެއްވީ ދެންމެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"އަޅުގަނޑުގެ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތަރުޖަމާނަކީ ގައުމީ މަޖިލިސް ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ކަމުގައި ހަމަޖެއްސި ވާހަކަ ދަންނަވަން،" އެ ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ

  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް 

  • މުހައްމަދު ވަހީދު

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް، ތާރީހު ކަނޑައަޅައި، ޓައިމްލައިނެއް ނެރުނު ފަހުން އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނެރުނު ޓައިމްލައިނެއް ކަމަށް ބުނެ ނަޝީދުގެ ޓީމުން ވަނީ އެ ޓައިމްލައިން ބާތިލުކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

5 މޭ 2026
މި މީކާއީލަށް ރީތި ލަގާއެއް ދޭނެހެން ހާދަ ހީވޭ! ކަލޯ، އެކޮއެގެ ނެތޭ ސަޕޯޓެއް، ތިންވަނަ ފަރާތެއްގެ ގޮތުގައި ހުރެގެން ތި ހުރިހާ ދަލެއް ތި އޮހޮރުވަނީ! ކުޑައިރުއްސުރެ އެންމެ ގާތް އެކުވިޔާ، އަންނިއަށް ދިން ލަގާ ހަނދާ އެބަހުރިތަ؟ އެއަށް ވުރެ ބޮޑު ލަގާއެއްދޭނެ އެކޮޔަށް! ނަގާބލު މީހުން ވިސްނާނީ އަބަދުވެސް އެމީހުންގެ އަމިއްލަ ފައިދާއަށް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް