މަގު ކޮނުމުގެ ތެރެއިން ހައި ވޯލްޓޭޖް ކޭބަލަކަށް މިއަދު ގެއްލުންވެފައި؛ މިއީ ހުޅުމާލޭ ދެވަނަ ފޭސްގައި ތަކުރާރުވާ މައްސަލައެއް (ފޮޓޯ/ސްޓެލްކޯ)
މިއަދު ވެެސް ކަރަންޓް ކެނޑުނީ ކޭބަލެއް ބުރިވެެގެން؛ އަލުން ކަރަންޓު ދީފި
މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ދެވަނަ ފިޔަވަހީން މިއަދު ކެނޑުނު ކަރަންޓުގެ ހިދުމަތް އަލުން ދީފި އެވެ.
ވީ ކިހިނެއް؟ - ހިޔާގެ ހަތަރު ވަރަކަށް ޓަވަރުންނާއި، ވިނަރެސް އާއި އަމާން ދޯދި އަދި އަމާން އުދަރެސްގެ ބައެއް ޓަވަރުތައް ހިމެނޭހެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 2:30 ހާއިރު އެވެ.
ތަފްސީލް - ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް ކެނޑުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގެއް ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
މި ކޭބަލު މަރާމާތުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވިފައިވަނީ، އިރުއޮއްސުނު ފަހުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން. މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ… pic.twitter.com/XGV7oDzKY5
— STELCO (@STELCOMALDIVES) April 25, 2026
ފާހަގަކޮށްލެވޭ ކަމެއް - މަގު ހެދުމުގެ މަސައްކަތުގައި ތަކުރާރުކޮށް ކޭބަލުތައް ބުރިވާތީ، މަގު ކޮނުމުގައި ސަމާލުވާން މީގެ ކުރިން ސްޓެލްކޯއިން އޮތީ އިލްތިމާސްކޮށްފަ އެވެ.
މިގޮތަށް ކޭބަލެއް ބުރިވެގެން މި މަހުގެ 12ގައި ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. އެފަހަރު ކަރަންޓު އަލުން ދޭން ނުވަ ގަޑިއިރު ހޭދަވި އެވެ. \
މިއިން ކޮންމެ ޓަވަރެއްގައި 20އަށް ވުރެ ގިނަ ފަންގިފިލާ ހުންނައިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވެ އެވެ.
ކޮމެންޓް (1)
ތެފައާސާ.