ފްލެޓު އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައިވޯލްޓޭޖު ކޭބަލަށް މައްސަލައެއް ދިމާވެ ހުޅުމާލޭން ރޭ ކަރަންޓު ކެނޑުނު .(ފޮޓޯ/ސްޓެލްކޯ)
ުހުޅުމާލޭން ރޭ ކަރަންޓު ކެނޑުނީ ފްލެޓު ހަދަން ކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ
ހުޅުމާލޭގެ ދެ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ، ދެ ވަނަ ފިޔަވަހީގައި ފްލެޓު އެޅުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައިވޯލްޓޭޖު ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ރޭ 10 ޖަހާކަށް ހާއިރު ވަނީ ކަރަންޓު ކެނޑިފަ އެވެ.
ތަފްސީލް - ސްޓެލްކޯ އިން މިއަދު ބުނީ ރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓުތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖު ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.
ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ޔަގީން ކުރުމަށް ކަރަންޓު ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ފޭސް ދޭއްގެ ހިޔާ ޓަވަރުތަކުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. ފެނުގެ ހިދުމަތް މެދުކެނޑުނީ މައްޗަށް ފެން ފޮނުވައިދޭ މޯޓަރުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުންނެވެ.