ސްޓެލްކޯގެ މާލޭ އިންޖީނުގެ (ދައުރު ފައިލް ފޮޓޯ/ ސުނޭން)

ސްޓެލްކޯ

ފޭސް 2 އިން ކަރަންޓު ކެނޑުނީ ކޮނުމުގެ ތެރޭގައި މައި ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ

ކަރެަންޓު ކެނޑިގެން މައްސަލަ ހައްލު ނުވެގެން އުޅޭތާ މިހާރު އަށް ގަޑިއިރަށްވުރެ ގިނަ އިރު ވަނީ ވެފައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ ކޮނުމުގެ ތެރޭގައި މައި ކޭބަލްއަކަށް ގެއްލުން ވެގެން ކަމަށާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ހިޔާގެ އަށް ޓަވަރަކާއި ވިނަރެސް ބައެއް ޓަވަރުތަކުން މިއަދު މެންދުރު 3 ހާއިރުން ފެށިގެން ވަނީ ކަރަންޓު ކެނޑިފަ އެވެ. މައްސަލަ ހައްލު ކުރަމުންދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަަގަ ކުރެއްވި، މައްސަލަ ހައްލުކުރުން ވަނީ ދިގުލައިގެންގޮސްފަ އެވެ.

ތަފްސީލު - މިރޭ 9:10ގައި ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ:

  • ކަރަންޓު ކެނޑުނީ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން 

  • ބެލެވޭ ގޮތުގައި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން

  •  މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އާއި ލޯޑު ހުރި ގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި

"މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން. އެގޮތުން، ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" ސްޓްލްކޯއިން ބުންޏެވެ.

ކޮމެންޓް (1)

ތެފައާސާ.

13 އޭޕްރީލު 2026
މަހަކު ދެ ފަހަރު މައި ކޭބަލަށް ގެއްލުން ނުވާނޭ ގޮތަކަށް މައި ކޭބަލް ރައްކާތެރިކުރަން ވެއްޖެއެއް ނޫންތަ؟ ކަރަންޓު ނެތި ދިހަ ބާރަ ގަޑިއިރު ދާއިރު ބޮޑު ސިންގާ ޓަވަރު ތަކުގައި ކިހާ ހާލެއްގައި މީހުން އެ އުޅެނީ؟ އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް ލުއި ގޮތަކަށް، މައި ކޭބަލޭ ޓްރާންސްފޯމަރޭ ލޯޑޭ ޕަވާރ ގުރިޑޭ ކިޔައިގެން އާދައިގެ ޓުވީޓެއް ކޮށްލާފައި ނިންމާލައިގެންނޭ ތި ތިބެނީ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް