އެގްރޯނެޓްގެ އެމްޑީކަމުން ވަކިކުރި ހުސައިން ދީދީ

އިތުރު އެމްޑީއަކު ވަކިކޮށްފި؛ މިފަހަރު އެގްރޯނެޓް

ިމިއީ މީގެ ދެ އަހަރު ކުރިން ސެޕްޓެމްބަރު 2024 ސަރުކާރުން އުވާލަން ނިންމި ކަމަށް އިއުލާންކޮށްފައިވާ ކުންފުންޏެއް

މިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ދެވަނައަށް އެގްރޯނެޓްގެ މޭނޭޖިން ޑިރެެކްޓަރު (އެމްޑީ) ހުސައިން ދީދީ ދެންމެ ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ -  އިންތިހާބުގެ ނަތީޖާއަށްފަހު، މިއަދު އެންމެ ފުރަތަމަ ވަކިކޮށްފައި ވަނީ، ފެނަކަ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ. ދެވަނަ އަށް ވަކިކުރި އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީ ވަކިކުރިކަން ދެންމެ ޕީސީބީން ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - "އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ." ޕީސީބީން ކުރި ޕޯސްޓުގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް- އެގްރޯނެޓް މިއީ މީގެ ދެ އަހަރު ކުރިން ސެޕްޓެމްބަރު 2024 ސަރުކާރުން އުވާލަން ނިންމި ކަމަށް ކުންފުންޏެކެވެ.

ކޮމެންޓް (1)

އެދުރުު

6 އޭޕްރީލު 2026
ވެމްކޯ އެމަޑީ ހަމަޔަޤީނުންވެސް ވަތްކެއް ނުކުކރެވޭނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް