އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ބޭއްވި ބައްދަލުވުން؛ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވަން ތާއީދުުކުރުމަށް މަޝްވަރާ މަޖިލީހުން ނިންމި (ފޮޓޯ/ އަދާލަތު ޕާޓީ)
2 އިންތިހާބު އެކުގައި ބާއްވަން އަދާލަތު ޕާޓީން ތާއީދުކޮށްފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން އަދާލަތު ޕާޓީން ރޭ ތާއީދުކޮށް އެ ގޮތަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަދާލަތުން ޕާޓީން ރޭ ދަންވަރު އެކްސްގައި ކުރި ކުރު ޕޯސްޓެއްގައިވާ ގޮތުން، އެގޮތަށް ނިންމީ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން އެވެ.
ތަފްސީލު - އަދާލަތުން ބުނި ގޮތުގައި، އެގޮތަށް ނިންމީ "ގައުމާއި ރައްޔިތުންގެ މަސްލަހަތަށް" ރިއާޔަތްކޮށެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް ޕޯސްޓުގައި ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އެ ޕާޓީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ބަހެއް ނުލިބެ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް… pic.twitter.com/FVmUT5xZKi
— Adhaalath Party (@AdhaalathOffice) March 17, 2026
ގުޅުން ހުރި - ދެ އިންތިހާބު އެއްކޮށްލައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން މިދިޔަ މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިހުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފަ އެވެ. އެކަމަކު އިސްލާހަށް އަމަލު ކުރެވޭނީ، ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައި ތާއީދު ލިބިގެންނެވެ.
އެ ވޯޓު ނަގާނީ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު އެވެ.
މި ވޯޓަށް ޕީއެންސީގެ ސްޓޭންޑަކީ ވެސް "އާނކޭ" ބުނުމެވެ. އެ ސްޓޭންޑަށް ވިޔަފާެރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން ތާއީދު ކުރެ އެވެ. އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ސްޓޭންޑަކީ މި ވޯޓަށް ނޫނެކޭ ބުނުމެވެ.
ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި، އެކަން ކުރަން އުޅެނީ ރައީސް މުހައްމަދު މުއިއްޒު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނަވަން ކުރައްވާ "ހީލަތްތެރި ރޭވުމެއް"ގެ ތެރެއިންނެވެ.
މި ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް އިއްޔެ ދުސްތޫރީ ދެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، މިކަމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތެެވެ.
ކޮމެންޓް (2)
ތެފައާސާ.
ކޮސް