ރޭގެ ޖަލްސާގައި ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)

ރަސްމާލޭގެ ބަދަލުގައި ހިއްކަންވީ މާފުށި ފަޅު: ސޯލިހް

ރަސްމާލެ ހިއްކައިގެން އެ ތަނުގައި މީހުން ދިރިއުޅުމަށް 30އަކަށް އަހަރު ނަގާނެ ކަމަށް ސޯލިހް ވިދާޅުވި

ރަސްމާލެއަކީ ބޯހިޔާވަހިކަމަށް އޮތް ހައްލެއް ނޫން ކަަމަށާއި އެ ފަޅު ހިއްކުމަށް ވުރެ ކ. މާފުށި ފަޅު ހިއްކަން ވެސް މާ ރަނގަޅު ވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާލެ ސީޓީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުަށް ރަނގަޅު ސިޔާސަތެއް އޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ރަނގަޅު ސިޔާތަެއް ނުގެންގުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ސޯލިހް ވިދާޅުވީ:

  • އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ގުޅިފަޅާއި ގިރާވަރު ފަޅާއި އުުތުލު ތިލަފަޅު ހިއްކުން

  • އެއީ، ފަސޭހައިން މާލެއާ ބުރިޖުން ގުޅާލަމުން ގޮސް ރަސްފަރި ފަރާ ހިސާބަށް އެކަން ކުރެވެން އޮތުމުން

  • ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް އެ މަޝްރޫއު ހުއްޓާލެއްވި

  • މި ސަރުކާރުން އިސްކަން ދިނީ ރަސްމާލެ ހިއްކަން

"އެއަށް ވުރެ މާ ރަނގަޅެއް ނޫންތޯ އެތާ ކައިރީގައި އޮތް މާފުށި ފަޅު ހިއްކަން. ހަމަ ގައިމު ވެސް އެތަނަށް މީހުން ދާނެ. އިގްތިސޯދެއް އެބަ އޮތް އެތަނުގައި. ބޮޑު ފަރު ވެސް އެބައޮތް،" ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކައިގެން އެތަން އާބާދުވާން ދުވަސް ނަގާނެ އެވެ.

"ރަސްމާލޭގައި ދިރިއުޅެވޭނީ މީގެ 30-40 އަހަރު ފަހުން. އޭގެ ކުރިން އަޅުގަނޑަކަށް ނުފެނޭ،" ސޯލިހް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް