ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާލެ ސިޓީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)
'އަމާނާތްތެރި ހިދުމަތް، މާލެ ސިޓީގެ ވިންދު': އެމްޑީޕީގެ މާލޭ މެނިފެސްޓޯ ނެރެފި
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން މާލެއަށް ތައްުޔާރު ކުރި 'އަމާނާތްތެރި ހިދުމަތް، މާލެ ސީޓީގެ ވިންދު' މެނިފެސްޓޯ ރޭ އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެެއް؟ - މި މެނިފެސްޓޯ އިފްތިތާހުކޮށްފައި ވަނީ ރޭ އާޓިފިޝަލް ބީޗުގައި އެކަމަށްޓަކާ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
މެނިފެސްޓޯ ލޯންޗުކުރުން (މާލެސިޓީ) https://t.co/CjbfFlxISF
— MDP Secretariat (@MDPSecretariat) March 8, 2026
ތަފްސީލު - އެމްޑީޕީގެ ލީޑާޝިޕް އާއި ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓުން ބައިވެރިވި މި ހަފްލާގައި މެނިފެސްޓޯގެ މައުލޫމާތު ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފަ އެވެ.
"މެނިފެސްޓޯ ބައްޓަންކޮށްފައި ވަނީ ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ދެމެހެއްޓެނިވި، އަވަސް ހައްލު ހޯދައިދޭން، އުފާ ފާގަތި ދިރިއުޅުމެއް މާލެ ސިޓީ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް،" އެމްޑީޕީން ދެއްކި ވީޑިއޯގައި ބުނެފައިވެ އެވެ.
މެނިފެންސްޓޯ ބެހިގެން ވަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ، ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހި އަދި ރައްޔިތުންނަށް ބާރު އެވެ.
ފަހި ދިރުއުޅުން
މިއީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ބައެވެ. އޭގެ ތެރެއިން ބޮޑެތި މުހިންމު ކަންތަކުގެ ތެރޭގައި ހިމެނެނީ:
-
ބޯހިޔާވަހިކަން: މާލޭގެ އިހްތިސާސްގެ ތެރޭގައި ހުޅުމާލެ، ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިމަނައި އެ ސަރަަހައްދުތަކުން ދޫކޮށްފައިވާ ގޯތި އަވަހަށް ހަވާލުކުރުމަށް ވަސީލަތްތައް ގާއިމްކޮށް، އަވަހަށް އާބާދުކުރުމަކީ އަމާޒެއް؛ އޭގެ އިތުރުން، ގޯތިވެރިންނަށް ގާނޫނީ ހައްގުތައް ކަށަވަރުކޮށްދީ، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ގެދޮރު ބިނާ ކުުރުމަށް ހައުސިން ފަންޑެއް އުފެއްދުން އަދި ސިނާމާލެ ފްލެޓްތައް އަލުން ތަރައްގީކޮށް، ބާ އިމާރާތްތައް ނައްތާލުމުގައި ލުއި ފަސޭހަ ގޮތްތަށް ހަމަޖެއްސުން ހިމެނޭ
-
ފަސޭހަ މަގު: މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޕާކިން މައްސަލައަށް ހައްލު ހޯދުމަށް މަލްޓިޕާޕަސް ޕާކިން އިމާރާތްތަކާއި ގޭދޮށު ޕާކިން ތައާރަފް ކުރުން ހިމެނޭ؛ އޭގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާ ކުުރުމާއި ހަނި ގޯޅިތައް ހިތްފަސޭހަ ތަންތަނަށް ހަދައި، ދުވާރުތައް ހިނގާ މީހުންނަށް ފަސޭހަވާނެހެން ހިމެނޭ އަދި ވެހިކަލް ގެންގުޅެވޭނެ ވަކި މިންވަރެއް ކަނޑައަޅައި ތަންފީޒު ކުރުން
-
ސާފު މާލެ: ކުނި ނެގުމުގެ ނިޒާމު ހަރަދާނާ ކުރުމަށް އަގު ހެޔޮ ހިދުމަތްތަކަކާ އެކު، ހަނި މަގުތަކަށް ވަދެވޭނެ ފަދަ އުޅަނދުތައް ބޭނުންކޮށްގެން ކުނި ނެގުމުގެ މަސައްކަތް ފުޅާ ކުރެވޭނެ އަދި ބޭނުން ކުރެވޭނެ ތަކެތި ވިއްކޭނެ ފްލީ މާކެޓެއް ތައާރަފް ކުރެވޭނެ
-
ދުޅަހެޔޮކަން: މަލްޓިޕާޕަސް ކުޅިވަރު ސެންޓަރުތައް ގާއިމްކޮށް، އީ-ސްޕޯޓްސް އާއި ގޭމިން ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ އަދި ދަރިވަރުންނަށް ހާއްސަ ސްޓަޑީ ހަބްތަކާއި ޅަދަރިން ބަލަހައްޓާ ޑޭކެއާ ފަދަ ތަންތަން ގާއިމްކުރުން ހިމެނޭ
-
އުފާވެރި އާއިލާ: އަލަތު ކައިވެނީގެ ޕާޓީ ހިލޭ ބޭއްވޭނެ އިންތިޒާމާއި ފެންވަރު ރަނގަޅު ޗައިލްޑް ކެއާ ހިދުމަތްތައް ގާއިމް ކުރުން ބޭނުންވާ ތަން ހަމަޖެއްސުން އަދި އިސްރަށްވެހިންނަށް ނާސިން ހޯމް ފެސިލިޓީތައް ފޯރުކޮށްދިނުމުގެ ނިޒާމެއް ބިނާ ކުރުން ހިމެނޭ
-
ފެހިތަނަވަސް: ޕާކުތަކާއި ހުސް ބިންތަކާއި ބީޗުތަކުގައި ހިލޭ ވައިފައިގެ ހިދުމަތް ދީ، ޒަމާނީ ވަސީލަތްތަކާ އެކު އެ ތަންތަން އާއިލީ މާހައުލުތަކެއްގެ ގޮތުގައި ތަރައްގީކުރުން
https://t.co/czGyflvFii#HeyvallaThayyaaru#GearUp#LCE2026#WDC2026#VoteMDP pic.twitter.com/C2brbgJQQL
— MDP Secretariat (@MDPSecretariat) March 8, 2026
ވިޔަފާރިއަށް ފަހި:
-
އިންޑަސްޓްރިއަލް މަސައްކަތް: މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، މިހާރު އެ ބަނދަރު ހުރި ތަން އާއިލާތަކަށް ހާއްސަކޮށް، އެ ސަރަހައްދު މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ތަރައްގީކުރުން އަދި މީހުން ދިރިއުޅޭ ތަންތަނުގައި ހުރި ނުރައްކާތެރި ކެމިކަލް ގުދަންތައް ދުރަށް ބަދަލު ކުުރުން ހިމެނޭ
-
ފަންނުވެރިކަން: މަލްޓިޕާޕަސް ތިއޭޓަރާއި އެގްޒިބިޝަން ހޯލްތައް ގާއިމްކޮށް، މިއުޒިކާއި ސަގާފީ ހުނަރުތައް ދަސްކޮށްދޭނެ ސްޓޫޑީއޯތައް ހެދުން.
-
ކުދި އަދި މެދު ފަންތީގެ ވިޔަފާރި: އެސްއެމްއީ ހަބާއި ސްޓާޓަޕް ހަބް ގާއިމްކޮށް، ޒުވާނުންނާއި އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބިޒްނަސް އެކްސްޕޯތަކާއި އިންވެސްޓަރުންނާ ރަށްޓެހި ޕްރޮގްރާމްތައް ހިންގުން އަދި ވެންޑާސް ސްޓޯލް ތައާރަފްކޮށް، މާރުކޭޓުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ހިމެނޭ
-
ލޯކަލް ޓުއަރިޒަމް: ވިލިމާލެ ލޯކަލް ޓޫރިޒަމްއަށް ހާއްސަކޮށް، މާލެ މާރުކޭޓުގައި ދިވެހި އުފެއްދުންތައް ލިބޭނެ ގޮތަށް އެތައް ތަރައްގީކުރުން؛ އޭގެ އިތުރުން، ޔޮޓް އަދި ކްރޫޒްލައިންތަކުން އަންނަ ފަތުވެރިންނަށް ހާއްސަ ފެސިލިޓީތައް ގާއިމް ކުރުން ހިމެނޭ
-
ތިމާވެށި: ގޭގައި އަވިން ހަކަތަ އުފެއްދުމަށް 'ހޯމް ސޯލާ' ޕްރޮޖެކްޓެއް ފަށައި، ގޭގައި މޭވާ އާއި ތަރުކާރީ ގަސް އިންދުމުގެ ޕްރޮގްރާމް ތައާރަފް ކުރުން؛ ވައި ސާފުކަން ބަލާނެ ނިޒާމެއް ގާއިމް ކުރުން ހިމެނޭ އަދި
ރައްޔިތުންނަށް ބާރު
-
ފަސޭހަ ޒިންމާދާރު ކައުސިލް: ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޓައުންހޯލް ބައްދަލުވުންތައް ބާއްވައި ބަޖެޓު އެކުލަވާލުމުގައި އާންމުން މަޝްވަރާ ހޯދުން؛ މާލީ މުއާމަލާތްތަކާއި ބިންތަކާ ގުޅޭ މައުލޫމާތު ހާމަކަން ބޮޑު ގޮތަކަށް ފެންނަ ގޮތަށް ހެދުން
-
ހިންގުން ހަރުދަނާ ކުރުން: ތިންކްޓޭންކެއް އުފައްދައި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމަށް ރައްޔިތުންނަށް އެހީތެރިވާނެ ހާއްސަ ޔުނިޓެއް ގާއިމް ކުރުން؛ ސީސީޓީވީގެ ނިޒާމް އިތުރަށް ފުޅާ ކުރުން
-
ފަހި ފުރުސަތު: އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުންގެ ހުނަރު އިތުރު ކުރުމަށް ތަމްރީން ހިންގައި ކައުންސިލްގެ ހިންގުމުގައި އެ ކޮމިޓީގެ ދައުރު އިތުރަށް ފުޅާ ކުރުން