މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ކުރަނީ. (ފޮޓޯ/ހައުސިން މިނިސްޓްރީ)

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސް؛ އެއްކޮށް ނިމޭނީ އަންނަ އަހަރު: މުއްތޮލިބު

މާލެ އާއި ވިލިމާލެ ގުޅާލެވޭނީ މި އަހަރުގެ ނިޔަލަށް ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި؛ އޭނާ ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ 'ތިލަމާލެ ބްރިޖު'ގެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކަމަށް ކޮންސްޓްރަކްޝަން އެންޑް  އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މި ސަރުކާރުގެ ކުރީކޮޅު މުއްތޮލިބު ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ވީ ކިހިނެއް؟ - ނަމަވެސް، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށެވެ.

ތަފްސީލް - ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮންޓްރެކްޓަރަށް ވެސް ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މުއްތޮލިބް ވިދާޅުވީ ކުރީ ސަރުކާރު ނިމުނު އިރު ކޮންޓްރެކްޓަރަށް އިތުރު ފައިސާ ދިނުމަކާ ނުލާ 30 މަހުގެ މުއްދަތު އިތުރުކޮށްދިން ކަމަށާއި އޭގެ ސަބަބުން 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކޮންޓްރެކްޓަރު އަތުން ދާ ކަމަށް ބުނެފައިވާ ކަމަށެވެ.

"ނަމަވެސް އެ މުއްދަތު ދީފައި އޮތީ ދައުލަތުން ޒިންމާވާން ޖެހޭ ކަމެއްގެ ސަބަބުންނެއް ނޫން. ކޮންޓްރެކްޓަރުގެެ ޕާފޯމަންސް ދަށްވެގެން ކޮންޓްރެކްޓަރުގެ ޒިންމާގެ ދަށުން އަންނަ ޑިލޭއަކަށް ދައުލަތުން ޒިންމާވާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަޝްރޫއު ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މަސައްކަތް ކުރިއަށް އެބަދޭ. ވިލިމާލެ އާއި މާލެއާ ގުޅާލުމުގެ ކުލަމަތި ވެސް ފެންނަމުން އެބަދޭ. އެ ސެގްމެންޓުތައް އެޓޭޗު ކުރަމުން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

މިހާރަށް ވުރެ ވެސް މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހުރިތޯ ބަލަމުން އަންނަ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޖެކްޓު ނުހުއްޓި ކުރިއަށް އެބަދޭ. މިހާރު ދާ ގޮތަށް ދާ ކަމަށް ވަންޏާ 2027 ވަނަ އަހަރު ޕްރޮޖެކްޓު ނިމޭނީ."

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

  • އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލާނެ

  • މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން

ކޮމެންޓް (2)

އިބްރާހިމް އަލީ

22 ޖެނުއަރީ 2026
ބަޔަކު ބްރިޖެއްއެޅީމަ ތިމަންނާމެންނަށްވެސް އެކަންވާނެ އެޔޭ ކިޔާ ދިވެހިންނަށް މިނިމުނުސަރުކާރުން ދީފަިއިވާ ބޮޑުގެއްލުމެއްތީ..ތިބްރިޖްގެފެންވަރާއިމެދުސުވާލުއުފެދޭ
0 0

ތެފައާސާ.

22 ޖެނުއަރީ 2026
އެހެންވީމާ އިބޫ ސްޕީޑޭ ކިޔައިގެން މި ހުރިހާ ދުވަހު މި ގޮވި ފަތިވަރަކީ އަސްލެއް ނޫންތާ ދޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް