މިއަދު ކުރިއަށް ދިޔަ ޕްރައިމަރީގައި އާދަމް އާޒިމް (ކ) އާއި އަލީ އާޒިމް ވޯޓު ލައްވަނީ

އެމްޑީޕީ

އަލީ އާޒިމް ބަލި ގަބޫލު ކުރައްވައި އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވެއްޖެ

ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް ޓިކެޓް ކަށަވަރުކުރެއްވީ ބޮޑު ތަފާތަކުން

އެމްޑީޕީ ޕްރައިމަރީން ނާކާމިޔާވެވަޑައިގެންނެވި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް ބަލި ގަބޫލުކުރައްވައި، އޭނާއާ ވާދަ ކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމްއަށް މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑިޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަަރީގައި މާލޭ މޭޔަރުކަމުގެ ޓިކެޓުގެ ވާދަވެރި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް، އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.

ތަފްސީލު - އަލީ އާޒިމް ވަނީ މިރޭ އާދަމް އާޒިމްއަށް ފޯނުން ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ފޯން ކޯލް ކުރިތަން ފެންނަ ވީޑިއޯއަކާ އެކު އެކްސްގައި އަލީ އާޒިމް ޕޯސްޓެއް ވެސް ކުރެއްވި އެވެ.

"އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދެން،" އަލީ އާޒިމް ވިދާޅުވި އެވެ.

ފޯން ކޯލުގައި އާދަމް އާޒިމް އެދިވަޑައިގެންނެވީ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އޭނާއާ އެކުގައި އަލީ އާޒިމް މަސައްކަތްކޮށްދެއްވުމަށެވެ.

"އާދެ، އިރާދަކުރެއްވިއްޔާ މަސައްކަތްކޮށްދޭނަން،" އަލީ އާޒިމް ޖަވާބުގައި ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް