ހައި ކޯޓު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހައި ކޯޓު

ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ތިމާވެށި އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުއްގަފޫރު އާއި މުހައްމަދު ސީނީން
11 ޑިސެމްބަރު 2025

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ ހުޅުވާލަން ސަރުކާރުން ނިންމުމުން އެ ކަން ހުއްޓުވަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.

ތަފްސީލް - ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ހުމައިދާ އަބްދުއްގަފޫރު، ހ. ޝޭޑީކޯނާ އާއި މުހައްމަދު ސީނީން، މ. މުލި އެވެ. މި ދެ މީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ.

މި މައްސަލަ ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހާ ދެކޮޅަށެވެ. މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެނގުން މުހިންމު - ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް