ކަނޑުއަޑީގައި މިޔަރު. (ފޮޓޯ/ ކަނޑިއަޑި)

މިޔަރު

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާއަކުން ގޮވާލައިފި

ތިމާވެށި ހިމާޔަތްކުރުމަށް ވަކާލަތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓަކު ސޮއިކޮށް ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވަނީ ފޮނުވާފައި
29 އޮކްޓޯބަރު 2025

ކަށިމިޔަރު މަސްވެރިކަން ހުއްދަކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް، ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ވީކިިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި މި ޖަމިއްޔާތަކުގެ އިތުރުން50 ސައިންޓިސްޓުން ވެސް ބައިވެރިވެފައިވެ އެވެ. އަދި އެ ސިޓީގައި ހިމެނޭ ޖަމިއްޔާތަކުގެ ތެރޭގައި ބައިނަލްއަގުވާމީ42 ޖަމިއްޔާއެއް ބައިވެރިވެފައިވެ އެވެ.

ތަފްސީލް - އެ ސިޓީގައި ބުނެފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން އަލުން ފެށުމުގެ ރޭވުންތައް ވަގުތުން ހުއްޓާލަން ޖެހެނީ:

  • ކަށިމިޔަރުގެ ސްޓޮކް އެސެސްމަންޓެއް ނެތުމުން

  • ދިރުންތަކުގެ ނާޒުކުކަމާއި އާބާދީ އަވަހަށް ދިޔުމުގެ ތާރީހީ ރެކޯޑު އޮތުމުން

  • މޫސުމަށް އަންނަ ބދދަލުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބުމުގެ ކުރިން މިހާރުން މިހާރަށް މި ކަން ހުއްޓާލުމެވެ." ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ގޮވާލާފައިވަނީ:

  • ދިވެހި މަސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި، މުސްތަގިއްލު ސައިންޓިސްޓުންނާއި، ވިޔަފާރިވެރިން، އަދި ފަތުރުވެރިކަމުގެ ދާއިރާގެ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ފުރިހަމައަށް ހާމަކަންބޮޑު، ލިޔެކިއުމުން ރެކޯޑުކުރެވޭ މަޝްވަރާއެއް ކަށަވަރުކުރުމަށް

  • މި ހުށަހެޅާ ގުޅޭ އަދި އެއާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ އެންމެހާ މައުލުމާތާއި މަޝްވަރާތަކުގެ ރެކޯޑު އަދި ދިރާސާތައް ވެސް އާންމު ކުރުމަށް

  • 2010ގައި ގާއިމުކުރެވުނު ރާއްޖޭގެ ޝާކް ސެންކްޗުއަރީއަކީ ދުނިޔޭގެ ފެންވަރުގައި ކަނޑުގެ މާހައުލު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ނަމޫނާއެއް؛ ރާއްޖޭން މި ކަމުގައި ދީފައިވާ އިލްތިޒާމުތައް އަލުން ވަރުގަދަކޮށް ދެމެހެއްޓުމަށް

ކަނޑުގެ ދިރުންތަކާއި އާމްދަނީ ހޯދޭނެ ވަސީލަތްތައް ހިމާޔަތްކޮށް ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮތް މަންޒިލެއް ގޮތުގައި ދެމެހެއްޓުމަށް ސައިންސްގެ އަލީގައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސިޓީގައި ސޮއިކޮށްފައިވާ ސައިންޓިސްޓުން ތައްޔާރަށް ތިބި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ގައުމުގެ ދުޅަހެޔޮކަމާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކަނޑުމަހުގެ ބާވަތްތަކުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ބިނާވެގެން ވަނީ ދިރުންތަކުގެ ސިންދަފާތު ދުޅަހެޔޮ، އަދި ވިލުންތެރި ކަނޑެއްގެ މައްޗަށް ކަމަށް ވެސް ސިޓީގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް