ފުވައްމުލަކު ފެނަށް ޖެހި، މިދިޔަ މަހު އެރަށުގައި ބެހި ފެން ކޭސް ހޯދުމަށް ރައްޔިތުން ކިއުގައި

ފުވައްމުލައް

ފުވައްމުލަކުގައި މިދިޔަ މަހުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

ފެނަށް ބިލު ނުކުރަން ނިންމާފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ

ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދިނުމުގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން މިދިޔަ މަހުގެ ފެން ބިލު ދައްކަން ނުޖެހޭ ގޮތް ހަދައިފި އެވެ.

ވީ ކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 10،000އާ ގާތްކުރާ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ މަހު ފެނުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. އެ މައްސަލަ ހައްލުކޮށް ފެން ދޫކުރަން މިހާރު ފަށާފައިވިޔަސް، ބޯން ބޭނުންކުރާ ފެން ނުސާފުކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.

ބުނީ ކީކޭ؟ - ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފެނަށް ބިލު ނުކުރަން ނިންމާފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"ވީމާ މިކަންކަމަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލުނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

ފުވައްމުލަކުގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައު ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް ފެނަކައިން އެރުވި އެވެ.

އެނގުން މުހިންމު - ފުވައްމުލަކު ކައުންސިލުން ބުނާ ގޮތުގައި، ބޯން ބޭނުންކުރާ ފެން އެ ރަށުގައި ތަގައްޔަރުވެފައިވަނީ، ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާ ގޮތަށް) ހަދާފައިވާތީ އެވެ.

އެހެންވެ، އެކަން ރަނގަޅުކޮށް، ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ފެން ދޫނުކުރުމަށް ކައުންސިލުން ފެނަކައިގައި ވަނީ އެދިފަ އެވެ. އެކަމަކު މިހާރު ވެސް ފެން ދޫކުރަމުންދަނީ އެކަން ކަށަވަރުނުކޮށް ކަމަށް ބުނެ، އެކަން ހުއްޓުވުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ވެސް އެރަށު ކައުންސިލުން އޮތީ ނިންމާފަ އެވެ.

ކޮމެންޓް (1)

ޱރ ސިޓީ

2 ޑިސެމްބަރު 2025
ބަލަ މިދިޔަމަސް އެކަންޏެއްނޫނޭ ކިތަންމެ ދުވަހެއްވެއްޖެ ތަޤައްޔަރުފެން ދޫކުރާތާ. 3 މަސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް